ކ. މާލެ
|
21 މެއި 2018 | ހޯމަ 13:45
އެބޯލާ ޖެހިފައިވާ ބަލި މީހުންނަށް ފަރުވާ ދިނުމަށް ޑޮކްޓަރުންތަކެއް ހަރަކާތްތެރިވަނީ
އެބޯލާ ޖެހިފައިވާ ބަލި މީހުންނަށް ފަރުވާ ދިނުމަށް ޑޮކްޓަރުންތަކެއް ހަރަކާތްތެރިވަނީ
ގެޓީ އިމޭޖަސް
އެބޯލާ
އެބޯލާ ޖެހިގެން ކޮންގޯއިން މަރުވި މީހުންގެ އަދަދު 26 އަށް
 ދުނިޔެއިން އެންމެ ފުރަތަމަ އެބޯލާ ފެނިފައިވަނީ ވެސް 1976 ވަނަ އަހަރު ކޮންގޯ އިން

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ)ގައި ނުރައްކާތެރި ބައްޔެއްކަމަށްވާ  އެބޯލާ ވައިރަސް ޑިސީސް ( އީވީޑީ) ޖެހިގެން މަރުވި މީހުންގެ އަދަދު 26 އަށް އަރައިފިއެވެ.

ކޮންގޯގެ ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ އެބޯލާ ޖެހޭ ހުން ޖެހިގެން 46 މީހަކު ރިޕޯޓްކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި 21 މީހުން އެބޯލާއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އޭގެތެރެއިން ހަތަރު މީހަކު އެބޯލާއަށް ޝައްކު ކުރެވޭ ކަމަށް ހެލްތު މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފައެވެ.

މިއަހަރު އެބޯލާ އެންމެ ފުރަޔަމަ ފެނިފައިވަނީ ކޮންގޯގެ އުތުރުން އޮންނަ އަވަށެއް ކަމަށްވާ ބިކޯރޯއިންނެވެ. އެހެން ނަމަވެސް މިހާރު އެބޯލާ ގިނަ އަދަދަކަށް ފެތުރެމުންދަނީ ކޮންގޯގެ އީކުއޭޓިއާ ޕްރޮވިންސްގައެވެ.

 ދުނިޔެއިން އެންމެ ފުރަތަމަ އެބޯލާ ފެނިފައިވަނީ ވެސް 1976 ވަނަ އަހަރު ކޮންގޯ އިންނެވެ.

އެބޯލާ ޖެހުމުން އެއިން ސަލާމަތް ވުމަށް ވަކި ޚާއްސަ ބޭހެއް ނުހުރެއެވެ. އެބޯލާ ބައްޔަކީ ބަލިޖެހޭ ގިނަ މީހުން އެބަލީގައި މަރުވާ ބައްޔެކެވެ. އެހެން ނަމަވެސް ބައްޔަށް ބޭނުން ކުރެވޭ އެކްސްޕެރިމެންޓަލް ވެކްސިން އެއް ވަނީ ތައާރުފް ކުރެވިފައެވެ. މި ވެކްސިން ކާމިޔާބު ކަމަށް ބުނެއެވެ. އެބޯލާ ޖެހޭ މީހުންގެ އަދަދު އެންމެ ބޮޑަށް ރެކޯޑް ކުރެވިފައިވަނީ 2014 ވަނަ އަހަރުގައެވެ. އެ އަހަރު 11،000އަށްވުރެ ގިނަ މީހުން ވަނީ އެބޯލާ ބަލީގައި މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް