ކ. މާލެ
|
21 މެއި 2018 | ހޯމަ 11:25
ކްރޭން ފުރޮޅާލާފައި
ކްރޭން ފުރޮޅާލާފައި
ޓްވިޓަރ
ނުރައްކާތެރި ހާދިސާ
ހަރަމްފުޅުގައި ކްރޭނެއް ފުރޮޅާލައި އެކަކަށް އަނިޔާވެއްޖެ
އަނިޔާވެފައިވަނީ ކްރޭންގެ ޑްރައިވަރަށް
ކްރޭން ފުރޮޅާލީ އާންމުން ވަނުން މަނާ ސަރަޙައްދެއްގައި

މަސްޖިދުލް ހަރަމްގައި ކްރޭނެއް ފުރޮޅާލައި އެކަކަށް އަނިޔާވެއްޖެއެވެ.

ސައުދީގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި ކްރޭން ފުރޮޅާލާފައިވަނީ ހަރަމްފުޅުގެ ތެރޭގައި އަލަށް އިމާރާތްކުރަމުންދާ ބައެއްގައެވެ. އަދި މި ހާދިސާގައި އަނިޔާވެފައިވަނީ ކްރޭން އޮޕަރޭޓް ކުރަން އިން، ކްރޭން ޑްރައިވަރަށެވެ. އޭނާގެ ބަނޑަށް އަނިޔާވި ނަމަވެސް ވެފައިވަނީ ސީރިއަސް އަނިޔާއެއް ނޫން ކަމަށް ސައުދީގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

 

އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި ކްރޭން ފުރޮޅާލި ސަރަޙައްދަކީ އަޅުކަން ކުރުމަށް މިސްކިތަށް ދާ މީހުންނަށް ބަންދު ކޮށްފައިވާ ސަރަޙައްދެކެވެ.

މި ހާދިސާ އާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށް ސައުދީގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

 

އާދީއްތަ ދުވަހު ހަރަމްފުޅުތެރޭގައި ކެރޭނެއް ފުރޮޅާލާފައިވާއިރު، މީގެ ކުރިންވެސް ހަރަމްފުޅުގައި ވަނީ ކްރޭނެއް ވެއްޓިގެން ނުރައްކާތެރި ހާދިސާއެއް ހިނގާފައެވެ. 2015 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހު ހިނގި އެ ހާދިސާގައި ހަރަމްފުޅު ތެރޭގައި ބޭނުންކުރަމުންދިޔަ ކްރޯލަރ ކްރޭންއެއް ވެއްޓި 111 މީހުން މަރުވިއެވެ. އެ ހާދިސާގައި އިތުރު 394 މީހަކަށް ބޮޑެތި އަނިޔާތަށްވެސް ލިބިފައިވާއިރު އެ ހާދިސާއަކީ ފަހުގެ ތާރީހުގައި ކެރޭނެއް ވެއްޓިގެން ދުނިޔޭގައި ހިންގި އެންމެ ނުރައްކާތެރި ހާދިސާގެ ގޮތުގައި ވަނީ ރެކޯޑް ކުރެވިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް