ކ. މާލެ
|
21 މެއި 2018 | ހޯމަ 10:27
މައްކާގެ ގެފުޅު
މައްކާގެ ގެފުޅު
ގޫގުލް
މައްކާ
ރަމަޟާން މަހުގެ ފުރަތަމަ ދިހައިގައި މައްކާގެ ހޮޓެލެތައް ފުލްވެއްޖެ
ރަމަޟާން މަސް ފެށެން ތިން މަހެއްހާ ކުރިން ހޮޓާތައް ވަނީ ފުލްވެފައި

މި ރަމަޟާން މަހުގެ ފުރަތަމަ ދިހަ ދުވަހަށް މައްކާގެ ހޮޓެލްތައް ފުލްވެއްޖެއެވެ.

ގެފުޅު ވަށައިގެން ހުރި ހޮޓެލްތަކުން 162،000 ކޮޓަރި ފުލްވެފައި ވާއިރު 155،000 ކޮޓަރިތަކަށް ވަނީ އެޑްވާންސްކޮށް ފައިސާ ދައްކާފައި ކަމަށް ސައުދީ ނޫސްތަކުން ބުނެއެވެ.

ސައުދީގެ ހޮޓެލް ހިންގާ ފަރާތެއްކަމަށްވާ ރިޒާ ޝަލަބީ ބުނީ ގެފުޅު ކައިރީގައި ހުންނަ އޭނާގެ ހޮޓެލްގެ ހުރިހާ ކޮޓަރިއެއް ވަނީ ފުލްވެފައިކަމަށެވެ.

އޭނާގެ ހޮޓެލްގައި 810 ކޮޓަރި ހުންނައިރު އަގުތައް އުޅެނީ 1،950 އާއި 2،500 ރިޔާލާއި ދެމެދުގައި ކަމަށް ޝަލަބީ ބުންޏެވެ.  އޭނާ ބުނީ ހޮޓެލްތައް ފުލްވަނީ ރަމަޟާން މަހުގެ ފުރަތަމަ ދިހައިގައި އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް އަންނާތީކަމަށެވެ.

ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ ނޫންއެހެން ގައުމުތަކުގެ މީހުންނަށް މައްކާގައި ވަނީ 947 އަށްވުރެ ގިނަ އެޕާޓްމަންޓްތަކާއި ހޮޓެލްތައް ހަދާފައެވެ. އޭގެ ތެރޭގައި 162،493 އަށްވުރެ ގިނަ ކޮޓަރިތައް ހިމެނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް