ކ. މާލެ
|
21 މެއި 2018 | ހޯމަ 08:33
ބަލި މީހަކަށް ފަރުވާދެނީ - ހުން ފެތުރޭ މިންވަރު އިތުރުވެފައިވާތީ ސަމާލުވުުމަށް އިލްތިމާސްކޮށްފައިވޭ
ބަލި މީހަކަށް ފަރުވާދެނީ - ހުން ފެތުރޭ މިންވަރު އިތުރުވެފައިވާތީ ސަމާލުވުުމަށް އިލްތިމާސްކޮށްފައިވޭ
މުހައްމަދު ޝަރުހާން
އެޗްޕީއޭ
ޑެންގީ، އަރިދަފުސް ރޯގާ، ވައިރަލް ހުން އަދި އިންފުލުއެންޒާ ފެތުރޭ މިންވަރު އިތުރުވެއްޖެ
ކުރިއާ އަޅާބަލާއިރު އިންފްލުއެންޒާވެސް ގިނަކަން ފާހަގަކުރެވޭ
ރަމަޟާން މަހު އާއްމު ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާއި ގުޅިގެން ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑު
ޑޮކަޓަރަށް ދެއްކުމުގެ ކުރިން ޕެރެސިޓަމޯލް ފިޔަވައި އެހެން އެއްޗެއް ބޭނުން ނުކުރޭ

ޑެންގީ ހުމާއި އަރިދަފުސް ރޯގާ އާއި ވައިރަލް ހުމުން އަދި އިންފުލުއެންޒާ އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފި އެވެ. 

ޑެންގީ ހުމަށް ރައްކާތެރިވެ ތިބުމަށް މީގެކުރިންވެސް އެ އެތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ. އާދިއްތަ ދުވަހު އެޗްޕީއޭއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ތަފާތު ވައިރަލް ހުން ފެތުރެމުންދާއިރު، ކުރިއާ އަޅާބަލާއިރު އިންފްލުއެންޒާވެސް ގިނަކަން ފާހަގަކުރެވޭ ކަމަށެވެ. ރަމަޟާން މަހު އާއްމު ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުކަމާއި ރައްކާތެރިކަމުގެ ފިޔަވަޅުއެޅުން މުހިންމު ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. 

އެކިއެކި ބަލިތައް ޖެހިގެން ގިނަ ބަޔަކު ފަރުވާ ހޯދަމުން އަންނަކަން ފާހަގަކޮށް އެޗްޕީއޭ އިން ބުނީ ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ވީހާވެސް މަދު މީހުން ބަލިމީހާއާއެކު ދިއުމަށް އެދޭ ކަމަށެވެ. ބަލި މީހުން ކައިރިއަށް ކުޑަކުދިންނާއި، މާބަނޑު މީހުންނާއި ދުވަސްވީ މީހުން ޒިޔާރަތް ނުކުރުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.

ހުމާއި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، ގިނައިން ދިޔާތަކެތި ބޭނުންކޮށް، އަދި ޑޮކަޓަރަށް ދެއްކުމުގެ ކުރިން ޕެރެސިޓަމޯލް ފިޔަވައި އެހެން އެއްޗެއް ބޭނުން ނުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. މީގެ އިތުރަށް އާއްމު ސާފުތާހިރުކަމަށް އިސްކަންދިނުމަށާއި ކެއިން ބުއިމުގައިވެސް ސަމާލުވުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް