ދިވެހިރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލް މަޖިީދު އަބްދުލްބާރީ އައިސީޔޫގައި އެޑްމިޓްކުރި ހަބަރު އެހީ ފުން ހިތާމަޔާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ޑރ. މަޖީދަށް ފަރުވާދޭން ފެށީ ޖެހުނު ސްޓްރޯކަށްފަހު ހުކުރު ދުވަހުން ފެށިގެންނެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑރ. މަޖީދު އައިސީޔޫގައި އެޑްމިޓްކުރެވުނު ހަބަރު ރައީސް ޔާމީން އެއްސެވީ ފުން ހިތާމަޔާއެކުގައިކަމަށެވެ. އަދި ޑރ. މަޖީދަށް އަވަސް ސިފާއަކަށް އެދިއްވާ ކަމަށައި މި ހިތާމަވެރި ވަގުތުގައި އާއިލާއަށް ކެތްތެރިކަންދެއްވުން އެދި ﷲ އަށް ދުއާ ދަންނަވާކަމަށް ރައީސްޖުމްހޫރިއްޔާ އާއި ހަވާލާދެއްވައި މުއާޒް ވިދާޅުވި އެވެ.
"Dr. Abdul Majeed Abdul Baary ge haalukolhu dherave ICU gai admit kurevunu khabaru alhugandu ehy fun' hithaamayaa eku. Emanikufaanah avas shifaa eh edhey haalu, mi hithaamaveri vaguthugai aailaa ah keiytherikan dhevvavun edhi Allah ah dhua dhannavan" - Raeesuljumhooriyyaa
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) May 20, 2018
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައި ޑރ. މަޖީދު މިހާރު އޮންނެވީ ވެންޓިލޭޓަރގ އެވެ. ލޭ މައްޗަށް ދިއުމުގެ މައްސަލަ ވެސް ހުންނަ މަޖީދުގެ ހާލުކޮޅު ގޯސްވީ ލަންކާގައި ހުންނަވަނިކޮށް ހުކުރު ދުވަހުގެ ހެނދުނު ކުއްލި ގޮތަކަށެވެ. އަދި ހޮސްޕިޓަލަށް ގެންދެވުނީ ކޮޓަރީގައި ވެއްޓިފައި އޮއްވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ފުރަތަމަ ފަހަރަށް އިސްލާމިކް މިނިސްޓްރީއެއް އުފައްދައި، އެ މިނިސްޓްރީގެ މިނިސްްޓަރުކަން ފުރަތަމަ ކުރެއްވި ބޭފުޅަކީ ޑރ. މަޖީދު އެވެ. އޭގެއިތުރުން ޑރ. މަޖީދަކީ ދީން ބުނެދެއްވައި، ދީނީ ތައުލީމް ދެއްވުމުގައި ގިނަ ވަގުތު ހޭދަކުރައްވާ ބޭފުޅެކެވެ. ރާއްޖޭގެ މަޝްއޫރު ގިނަ ކޮލެޖު އަދި ޔުނިވާރސިޓީތަކުގައިވެސް ޑރ. މަޖީދު ލެކްޗަރ ދެއްވަ އެވެ.