ކ. މާލެ
|
21 މެއި 2018 | ހޯމަ 11:32
ޝެއިޚް މުހައްމަދު ބިން ރަޝީދާއި ކެބިނެޓް މިނިސްޓަރުންގެ ޕެނަލް
ޝެއިޚް މުހައްމަދު ބިން ރަޝީދާއި ކެބިނެޓް މިނިސްޓަރުންގެ ޕެނަލް
ޓްވިޓަރ
ޔޫއޭއީ ވިސާ
ޔޫއޭއީ އިން 10 އަހަރަށް ވިސާ ދެނީ!
މިއަހަރު ނިމުމުގެ ކުރިން ވިސާ ތަސްދީގު ކުރަން ވަނީ އަންގާފައި

ޔުނައިޓެޑް އަރަބް އިމިރޭޓްސް (ޔޫއޭއީ) ގައި ދިރިއުޅޭ އިންވެސްޓަރުންނަށާއި ޕްރޮފެޝަނަލުންށާއި 'އޭ' ފާސް ހޯދަމުންދާ ކުދިންނަށް ދިހަ އަހަރުގެ މުއްދަތަށް ވިސާ ދޭން އާދީއްތަ ދުވަހު އިއުލާން ކޮށްފިއެވެ.

10 އަހަރު ދުވަހަށް ދިރިއުޅުމުގެ ވިސާ ލިބޭ މީހުންގެ އާއިލާއަށް ވެސް ޔޫއޭއީގައި އުޅެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ. އެ އާއިލާތަކަށް ވެސް ވިސާ ލިބޭމީހާއާ އެއް ވަރަކަށް ވިސާ ލިބިގެންދާނެއެވެ.

އެއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ އިންވެސްޓަރުންނަށް ވެސް ޔޫއޭއީގައި 100 ޕަސަންޓް ހިއްސާވާ އަމިއްލައަށް ކުންފުނިތައް ގެންގުޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.

ޔޫއޭއީގެ ރަސްގެފާނު އަދި މުޅި ސަރުކާރުގެ ވެރިޔާ ޝެއިޚް މުޙަންމަދު ބިން ރާޝިދު މި ނިންމުންތައް އިއުލާން ކޮށްފައި ވަނީ ކެބިނެޓްގެ ބައްދަލު ވުމަށްފަހުއެވެ.

"އަހަރުމެން ހުޅުވާލައިފައިވާ މި މާހައުލު، ފަސޭހަ ގަވައިދުތައް، އުމްރާނީ ތަރައްގީއާއި ފަސޭހައިން ކަން ކުރެވުމުގެ ނަތީޖާއަކީ ބޭރުގެ އިންވެސްޓްމެންޓްތަކާއި އާދަޔާ ޚިލާފު ކުޅަދާނަ މީހުން މި ގައުމަށް ދަމައިގަންނަ ސަބަބަކަށް ވާނެ ކަން ޔަގީން" ޝެއިޚް މުހައްދު ވިދާޅުވިއެވެ. "ޔޫއޭއީ އަކީ ތަރައްގީގެ ކުރިމަގު، މީހުންނަށް ފެންނަ ހުވެފެންތައް ހަގީގަތަކަށް ހެދުމުގެ ފުރުސަތުތަކާއި މީހާގެ ހުނަރު އެންމެ ފުރިހަމަ ގޮތުގައި ދެއްކޭނެ ތަނެއް"\

ޝެއިޚް މުހައްމަދު ވަނީ ޔުނިވަސިޓީގައި ކިޔެވުން ނިމޭ ކުދިންނަށް ފަސޭހައިން ޔޫއޭއީގައި ދިރިއުޅެވޭނެ ގޮތް ހޯދައި ދިނުމުގެ ގޮތުން ވިސާ އިތުރު ކޮށްދިނުމަށް ވެސް ނިންމަވާފައެވެ.

އެއާއެކު ޝެއިޚް މުހައްމަދު ވަނީ ކެބިނެޓާއެކު ބައްދަލުކޮށް ނިންމި މި ނިންމުންތައް ސަރުކާރުގެ އިދާރާ ތަކުން މިއަހަރު ނިމުމުގެ ކުރިން އަމަލު ކުރަން ފެށުމަށް އަންގަވާފައެވެ.

ޔޫއޭއީގެ އޮފިޝަލް ނޫސް އޭޖެންސީ، ޑަބްލިއު.އޭ.އެމް. އިން ބުނި ގޮތުގައި ކެބިނެޓުން އެހާ ދިގު މުއްދަތަކަށް އެ ގައުމުގައި ބޭރު މީހުން ދިރި އުޅުމުގެ ފުރުސަތު ދޭން ނިންމައިފައި ވަނީ ދާއިރާ ތަކުގެ އެންމެ ފުންނާބު އުސް މީހުން ގެނައުމުގެ ގޮތުންނެވެ. އަދި ދުބާއީގެ އިގްތިސާދު ހަރުދަނާ ކުރުމަށްޓަކައެވެ.

 

- ކޮމެންޓް