ކ. މާލެ
|
21 މެއި 2018 | ހޯމަ 11:47
ނިއުޔޯކް ސިޓީގެ މަންޒަރެއް
ނިއުޔޯކް ސިޓީގެ މަންޒަރެއް
ރޮއިޓަރސް
މުއްސަދިންގެ ލިސްޓް
ބޮޑު ތިން ގައުމު އެއްކޮށް ލުމަށްފަހު ވެސް އެމެރިކާގައި ބިލިއަނަރުން ގިނަ
ރެކޯޑް އަދަދަކަށް މިވަގުތު މުއްސަދިން އެބަތިބި
އެއްޕަސަންޓު މީހުން ދުނިޔޭގެ ދެބައިކުޅަ އެއްބައި މިލްކިއްޔާތު ގެންގުޅޭ
މަދު މުއްސަދިންގެ ޖުމްލަ މިލްކިއްޔާތު 9.2 ޓްރިލިއަން ޑޮލަރަށް އަރާ

ޗައިނާ، ޖަރުމަނު އަދި އިންޑިއާގައި ތިބި ބިލިޔަނަރުންނަށް ވުރެ އެމެރިކާގައި ތިބި ބިލިއަނަރުން ގިނަ ކަމަށް ރިޕޯޓަކުން ބުނެފިއެވެ.

ވެލްތް ޑާޓާ އިން ބުނީ ދުނިޔޭގައި ބިލިއަނަރުން ރެކޯޑް އަދަދަކަށް މިވަގުތު މަތިކަމަށާއި ވަރަށް މުއްސަދި 2،754 މީހުން ދުނިޔޭގައި ތިބި ކަމަށެވެ. އެ ކުންފުނިން މުއްސަދިންނާއި ބެހޭގޮތުން ހެދި ރިޕޯޓް ކަމަށްވާ 'ވެލްތް އެކްސް' އިން ދައްކާ ގޮތުން ފާއިތުވި އަހަރުތަކުގައި ބިލިއަނަރުން ވަނީ މީގެ ކުރިން ދުވަހަކު ވެސް ގިނަނުވާވަރަކަށް އިތުރުވެ މިލްކިޔާއްތު ބޮޑުވެފައެވެ. އެ މުއްސަދި މަދު މީހުން ޖުމްލަ މިލްކިއްޔާތު 9.2 ޓްރިލިއަން ޑޮލަރަށް އަރައެވެ. މިއީ 2016 ވަނަ އަހަރާއި އަޅާ ބަލާއިރު 24 އިން ސައްތަ އިތުރު އަދަދެކެވެ.

އެމެރިކާ ގައި ބިލިއަނަރުންގެ އަދަދު 680 ގައިވާއިރު ދުނިޔޭގެ ނިސްބަތުން އެއީ 25 އިން ސައްތައެވެ. މިއަށް ފަހު ލިސްޓުގައި ދެވަނަ މަގާމު ނަގާފައިވާނީ 338 ބިލިއަނަރުން ނާއެކު ޗައިނާއެވެ. ލިސްޓު ގައި މިފަހަރު ތިން ވަނައަށް އޮތް އޭޝިއާ ވަނީ އުތުރު އެމެރިކާއަށް ވުރެ ފުރަތަމަ ފަހަރަށް ބިލިއަނަރުންގެ ލިސްޓުގައި ކުރި އަރާފައެވެ.

ވެލްތް އެކްސް އިން ދައްކާ ގޮތުގައި ދުނިޔޭގެ ނިސްބަތުން އެއް ޕަސަންޓު މީހުން ދުނިޔޭ މިލްކިއްޔާތުގެ ދެބައިކުޅަ އެއްބައި ގެންގުޅެއެވެ. އަދި އެ ރިޕޯޓުން ފާހަގަ ކުރި ގޮތުގައި ފާއިތުވި އަހަރު އަންހެނުން ވަނީ ފިރިހެނުންނަށް ވުރެ ކުރު މުއްދަތެއްގައި ބިލިއަނަރުންނަށް ވެފައެވެ. އެހެން ނަމަވެސް އަދިވެސް ގިނައީ ފިރިހެނުން ބިލިއަނަރުންނެވެ. އަދި މައިގަނޑު ގޮތެއްގައި އަންހެނުން ބިލިއަނަރުންނަށް ވަނީ ވާރުތަވާ ފައިސާއިން ކަމަށް އެ ރިޕޯޓުން ބުނެއެވެ.

ދުނިޔޭގެ މުއްސަދިންގެ ލިސްޓުގައި އެތައް ދުވަހެއް ވަންދެން އެއްވަނައިގައި 112 ބިލިއަން ޑޮލަރާއެކު ހުރި ބިލް ގޭޓްސް 2017ވަނަ އަހަރުގައި ބަލިކޮށް އެމޭޒަން އުފެއްދި ފަރާތް ކަމުގައިވާ ގެގް ބެޒޯސް ވަނީ އެމަގާމު ނަގާފައެވެ. އެއާއެކު ބިލް ގޭޓްސްގެ ފަހަތުން ދެން ލިސްޓުގައި ތިބީ ވަރެން ބުފެޓް އާއި ފެޝަން ޑިޒައިނަރެއް ކަމުގައިވާ ބާނާޑް އާނޯލްޓްއެވެ.

- ކޮމެންޓް