ކ. މާލެ
|
21 މެއި 2018 | ހޯމަ 13:32
ހަވައިގެ ކިލުއެއަ އަލިފާން ފަރުބަދައިގެ ފޮޓޯއެއް
ހަވައިގެ ކިލުއެއަ އަލިފާން ފަރުބަދައިގެ ފޮޓޯއެއް
ގެޓީ އިމޭޖަސް
އަލިފާން ފަރުބަދަ
ކިލުއެއަ ފަރުބަދައިން ފޮނުވާލި ލާވާ މީހެއް ގައިގައި ޖެހި ސީރިއަސް އަނިޔާ ވެއްޖެ
އަނިޔާ ވެފައިވަނީ ބެލްކަނީގައި އިންދާ
ކިލުއެއަ ހުންނަނީ ފަސް އަލިފާން ފަރުބަދައިގެ މައްޗަށް އެކުލެވޭ ރަށެއްގަ
ލާވާ މޫދު ތެރެއަށް ދިއުމުގެ ބިރު އެބައޮތް

އެމެރިކާގެ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ހަވައިއަން ސްޓޭޓްގެ ބިގް އައިލެންޑްސް ސިޓީގައިވާ 'ކިލުއެއަ' އަލިފާން ފަރުބަދައިން ފޮނުވާލި ލާވާކޮޅެއް ބެލްކަނީގައި ހުރި މީހެއްގެ ގައިގައި ޖެހި ސީރިއަސް އަނިޔާ ވެއްޖެއެވެ.

އެ ސަރަހައްދު މޭޔަރުގެ ތަރުޖަމާން ވިދާޅުވީ ލާވާ ޖެހިފައިވަނީ ފިރިހެން މީހާ ކަކުލާއި ފައިގެ ކުޑަހުޅާއި ދޭތެރޭގައި ކަމަށާއި ލާވާ ޖެހުނު ތަނުގެ ތިރި އެއްކޮށް ވަނީ ހަލާކު ވެފައި ކަމަށެވެ. އަދި ފަރުބަދައިން މިގޮތަށް ފޮނުވާ ލާވާގެ ބަރުދަނުގައި އައިސްއަލަމާރިއެއްގެ ބަރުދަން ހުންނާނެ ކަމަށް ވެސް ތަރުޖަމާން ވިދާޅުވިއެވެ. މިއީ މެއި މަހު އަލިފާން ފަރުބަދަ ގޮވިފަހުން ލިބުނު ފުރަތަމަ ސީރިއަސް އަނިޔާއެވެ.

ކިލުއެއަ އަލިފާން ފަރުބަދަ ގޮވާފައި ވަނީ މޭ މަހުގެ ފުރަތަމަ ކޮޅުގައެވެ. އެއާއެކު ދުވަހަކަށް ފަހު ދުވަހެއް ދަނީ ގޯސް ވަމުންނެވެ.

މި ފަރުބަދަ ހުންނަ ދަ އައިލެންޑް އޮފް ހަވާއީ އަކީ ގުދުރަތީގޮތުން ގުޅިފައިވާ ފަސް އަލިފާން ފަރުބަދައިގެ މައްޗަށް އުފެދިފައި އޮންނަ ރަށެކެވެ.

މީހުން ސަލާމަތްވުމަށް ބޭނުން ކުރަމުންދާ މައި އެއް މަގު ފަރުބަދައަށް އައި ބަދަލު ތަކުގެ ސަބަބުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ބޭނުން ކުރަން ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު ހީވެފައެވެ.

ފަރުބަދައިން ނިކުންނަމުންދާ ލާވާ މޫދު ތެރެއަށް ދިއުމުގެ ބިރު ހީވެފައިވާއިރު މޫދު ތެރެއަށް ގޮސްފިނަމަ ނުރައްކާތެރި ގޭސް ލޭޒް ބޭރު ވެގެން ދާނެއެވެ. ލޭޒް އުފެދެނީ ހޫނު ލާވާ މޫދުގައިޖެހި ލޮނާއި ފެން ވައިގެ ތެރެއަށް ގޭހަކަށް ބަދަލުވެ އަރައިގެން ދާއިރުއެވެ. ލޭޒް ގޭހުގައި އެކުލެވެނީ ހައިޑްރޯ ކްލޮރިކް އެސިޑްއާއި ކުދި ބިއްލޫރި އެތިއެތި ކޮޅު ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭ އިން ވަނީ ބުނެފައެވެ. އަދި ކިތަންމެ ކުޑަ މިންވަރެއްވެސް ވައިގެ ތެރޭގައި ދައުރުވަމުން ދާއިރު ގައިގައި ޖެހުނަސް ހިރުވައި ނޭވާލާން އުދަގޫވާނެ ކަމަށް ވެސް ބުންޏެވެ.

ފަރުބަދައިން ބޭރުވަމުންދާ ލާވާ ވަނީ ކުރިއަށް ވުރެ ބޮޑަށް އިތުވެފައެވެ. ހަވާއިއަން އަލިފާން ފަރުބަދަ ބަލަމުން ގެންދާ ފަރާތުން ވިދާޅުވީ އެންމެ ގިނައިން މިހާރު އަލިފާން ނިކުންނަނީ 'ލޮވާ އީސްޓް ރިފްޓް ޒޯނުން'ކަމަށާ އެތަނުގައި ވަނީ ހަތަރު ދިމާލުން ނިކުތް ލާވާތައް ގުޅި ލާވާގެ ބޮޑު އެއްކޯރު އުފެދިފައި ކަމަށެވެ.

ޖިއޮލޮޖިސްޓުން ހުރިހާ އާންމުން ވެސް މުނިސިޕަލްޓީގެ އެންގުތަކަށް ބޯލަބާ އެ ސަރަހައްދު ދޫކޮށް އެހެން ސަރަހައްދު ތަކަށްބަދަލު ވުމަށް އިލްތިމާސް ކޮށްފައިވެއެވެ. ކީލައުއާފަރުބަދަ ހުންނަ ސަރަހައްދުން އެތައް ހާސް މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ.   26 ހާހަށް ވުރެ ގިނަގެތައް ވަނީ ހަލާކުވެފައެވެ.

- ކޮމެންޓް