ކ. މާލެ
|
20 މެއި 2018 | އާދީއްތަ 17:40
އީވާ ރައީސް ނަޝީދުގެ ކެމްޕެއިން ޕޯސްޓަރުގެ ފޮތިިގަނޑު ކަހާލަނީ: ޕްރައިމަރީގައި ވީހާވެސް ގިނަ ބަޔަކު ވޯޓުދޭން އޭނާ ގޮވާލެއްވި
އީވާ ރައީސް ނަޝީދުގެ ކެމްޕެއިން ޕޯސްޓަރުގެ ފޮތިިގަނޑު ކަހާލަނީ: ޕްރައިމަރީގައި ވީހާވެސް ގިނަ ބަޔަކު ވޯޓުދޭން އޭނާ ގޮވާލެއްވި
މުހައްމަދު ޝަރުހާން
ރައީސް ނަޝީދު 2018
ސިޔާސީ ހައްޔަރީން މިނިވަން ވުމަށް އޮތް އެންމެ ބޮޑު އުއްމީދަކީ ރައީސް ނަޝީދު: އީވާ
ރައީސް ނަޝީދު ޕްރައިމަރީއަކީ އެމްޑީޕީގެ ކެމްޕެއިން ފެށުން
ވީހާވެސް ގިނަ ބަޔަކު ޕްރިމަރީގައި ވޯޓުދޭން އޭނާ ގޮވާލެއްވި

ހައްޔަރުކޮށްފައި ތިބި ސިޔާސީ ހައްޔަރީން މިނިވަން ވުމަށް އޮތް އެންމެ ބޮޑު އުއްމީދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.  

މަޖީދީމަގާއި އަލިކިލޭފާނުގެ މަގާއި ގުޅުނު ކަންމަތީ ހުންނަ "ނޫރާނީވިލާ" ގޭގައި ރައީސް ނަޝީދުގެ ކެމްޕެއިން ޕޯސްޓަރެއް ނެގުމަށް އާދިއްތަ ދުވަހުގެ ހަވީރު ބޭއްވި ހަރަކާތުގައި އީވާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމިންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް އޮތް އެންމެ ބޮޑު އުއްމީދަކީ ވެސް ރައީސް ނަޝީދު ކަމަށެވެ.  

ނޫރާނީވިލާ ގޭގައި ނެގި ރައީސް ނަޝީދުގެ ޕްރައިމަރީ ކެމްޕެއިން ޕޯސްޓަރު

މޭޑޭ މުޒާހަރާއިން ހައްޔަރުކޮށް ޖަލަށްލާފައި ހުރި އިބްރާހިމް ލަބާން މިނިވަންވުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށް ފާހަގަ ކުރައްވައި، އީވާ ވިދާޅުވީ ދެން ދެކެން ބޭނުމީ ހައްޔަރުކޮށްފައި ތިބި ހުރިހާ ސިޔާސީ ފަރާތްތައް ވެސް މިނިވަން ވެގެންދިއުން ކަމަށެވެ.  

މި މަހުގެ 30 ވަނަ ދުވަހު ދުވަހު ބާއްވާ ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއިދު ހޯދުމަށް ބޭއްވި މި ހަރަކާތުގައި އީވާ ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީއަކީ ރިޔާސީ އިންތިހާބުގެ ފެށުން ކަމަށާއި އެހެން ކަމުން ރައީސް ނަޝީދުގެ ކެމްޕެއިންގެ ފެށުމަކީ ޕްރައިމަރީ އިންތިހާބު ކަމަށެވެ. ރައީސް ނަޝީދު ގެންދަވަނީ ސްކައިޕް މެދެވެރިކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި ރައްޔިތުންނާ ބައްދަލު ކުރައްވަމުން ކަމަށް ފާހަގަ ކުރައްވައި އޭނާ ވަނީ އެމްޑީޕީގެ ވީހާ ވެސް ގިނަ ބަޔަކު ޕްރައިމަރީގައި ވޯޓު ދިނުމަށް ގޮވާލައްވާފަ އެވެ. އަދި މި ކެމްޕެއިންގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށްވެސް އޭނާ ގޮވާލެއްވި އެވެ.

"އެމްޑީޕީގެ ހުރިހާ ބޭފުޅުންވެސް ނިކުމެވަޑައިގެން ޕްރައިމަރީގައި ވޯޓު ދެއްވާތި. އަނިޔާވެރިކަމުން ސަލާމަތްވާން އަޅުގަނޑުމެން އުއްމީދެއް ކުރަންޏާ، އެ އުއްމީދު ހޯދަން މަސައްކަތް ކުރަން އަޅުގަނޑުމެން އަބަދުވެސް ތިބެން ޖެހޭނީ ތައްޔާރަށް،" އީވާ ވިދާޅުވި އެވެ.  

ރައީސް ނަޝީދުގެ ޕްރައިމަރީ ކެމްޕެއިން ހަރަކާތުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅުއުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ ވާހަކަ ދައްކަވަނީ

އޭނާ ވިދާޅުވީ ގަލޮޅު އުތުރުން މި ފަހަރުވެސް ރައީސް ނަޝީދަށް ފުރިހަމަ ތާއީދު ދޭނެ ކަމަށެވެ.

ނޫރާނީވިލާ ގޭގައި ނެގި ރައީސް ނަޝީދުގެ ޕްރައިމަރީ ކެމްޕެއިން ޕޯސްޓަރުގައި އެމަނިކުފާނު ހާމަ ކުރައްވާފައިވާ ސިޔާސަތުތަކުގެ ބައެއް ލިޔެފައިވެ އެވެ. ރައީސް ނަޝީދުގެ ކެމްޕެއިން ހަރަކާތް ރާއްޖޭގެ އެކި ހިސާބުތަކުގައި ހިނގަމުން އެބަ ދެ އެވެ.    

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް