ކ. މާލެ
|
20 މެއި 2018 | އާދީއްތަ 13:46
ލަބާން ދޫކޮށްލުމުން އާއިލާއާއެކު
ލަބާން ދޫކޮށްލުމުން އާއިލާއާއެކު
ޓްވިޓަރ
ލަބާން
މޭޑޭ މުޒާހަރާއާ ގުޅިގެން ޖަލަށްލި ލަބާން މިނިވަންކޮށްފި
ލަބާން ގެންދިޔައީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން
މިނިވަން ކުރީ ހުކުމުގައި ދެ އަހަރު ބާކީ އޮއްވާ
ލަބާނަކީ ކުރިން ޒުވާން ގޯލް ކީޕަރެއް، މިހާރު މުދިމެއް

މޭޑޭ މުޒާހަރާއާ ގުޅިގެން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދިޔަ ޒުވާން ގޯލްކީޕަރު އިބްރާހިމް ލަބާން ޝަރީފު މިނިވަންކޮށްފިއެވެ.

ލަބާން މިނިވަންކޮށްފައި ވަނީ ހައްޔަރުކޮށްފައިވާތާ ތިން އަހަރާއި ދެ ހަފްތާ ފަހުންނެވެ. އޭނާ މިނިވަންކޮށްފައި ވަނީ ޖަލު ހުކުމުގައި ބާކީ ދެ އަހަރު އޮއްވައެވެ. މައާފު ހޯދުމަށް، ލަބާން މިދިޔަ އަހަރު ކްލެމެންސީ ބޯޑަށް ވެސް ހުށަހަޅާފައިވެއެވެ.

ރާއްޖެއެމްއެވީއަށް އެނގިފައިވާ ގޮތުގައި ކްލެމެންސީ ބޮޑުވުން މިދިޔަ އަހަރު ވަނީ ލަބާންގެ ޖަލު ހުކުމުން، އަހަރަކަށް ވުރެ ގިނަ ދުވަސް އުނިކޮށްދީފަ އެވެ.

ކަރެކްޝަނަލް ސާވިސަސްގެ މީޑިއާ އޮފިޝަލް އަހްމަދު ލުގްމާން “ރާއްޖެއެމްވީ”އަށް ވިދާޅުވީ ލަބާން މިނިވަންކުރީ ޕެރޯލްގެ ދަށުން، ޝަރުތުތަކަކާއެކުގައި ކަމަށެވެ. ތަފްސީލެއް އޭނާ ނުދެއްވައެވެ.

އިދިކޮޅު ފަރާތްތަކުން 2015 ވަނަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު މާލޭގައި ކުރި މުޒާހަރާއެއްގައި ފުލުހަކަށް ހަމަލާދިން ކަމުގެ ކުށް ސާބިތުވެ، ލަބާން ޖަލަށް ލުމަށް ހުކުމް ކުރީ 2016 ވަނަ އަހަރުގެ ޖުލައި 25 އެވެ. އެ މައްސަލާގައި ލަބާންގެ އިތުރުން ފަސް މީހަކަށް ވެސް ކުށް ސާބިތުވެ، ޖަލަށްލިއެވެ. މޭޑޭ މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި އަށް މީހެއްގެ މައްޗަށް ދައުވާކުރިއެވެ. ދައުވާއިން ސަލާމަތްވެފައި ވަނީ ދެ މީހެކެވެ.

ތިން އަހަރު ފަހުން ލަބާން މިއަދު މިނިވަންވީއިރު، އޭނާއަކީ ކުރިން ކުޅަދާނާ ގޯލްކީޕަރެކެވެ. ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ލަބާން ހައްޔަރު ކުރިއިރު އޭނާ ހުރީ އީގަލްސްގެ ގޯލްކީޕަރުގެ މަގާމުގައެވެ. ޖަލުގައި ހޭދަ ކުރި މުއްދަތުގައި ލަބާން ވަނީ މާފުށީ ޖަލުގެ މުދިމުކަން ވެސް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް