ކ. މާލެ
|
20 މެއި 2018 | އާދީއްތަ 13:20
އާލިއާ ބަޓް
އާލިއާ ބަޓް
ގޫގުލް
އާލިއާ ބަޓް
ރަންބީރާ ކެމިސްޓްރީ ދިމާވެއޭ ބުނާތީ ވަރަށް އުފާވޭ: އާލިއާ
 
އާލިއާ އާި ރަންބީރު އެކުގައި މަސައްކަތް ކުރަމުންދަނީ އަޔާން ކުކްރަޖީގެ ބްރަހްމަސްތްރާގައި

ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރާއި އޭނާގެ ކެމިސްޓްރީ ދިމާވެއޭ މީހުން ކިޔާތީ ވަރަށް އުފާވާކަމަށް  އާލިއާ ބަޓް ބުނެފިއެވެ.

އާލިއާއާއި ރަންބީރު އެކުގައި މަސައްކަތް ކުރަމުންދަނީ ޒޯޔާ އަޚްތަރުގެ ގަލީ ބޯއިގައެވެ. އަދި މީގެ އިތުރުން އަޔާން މުކްރަޖީގެ ބްރަހްމަސްތްރާގައި ވެސް އެދެމީހުން ފެނިގެންދާނެއެވެ.

އާލިއާ އިންޑީއާގެ މުމްބާއީ މިރާއަށް ދީފައިވާ އިންޓަވިއުގައި ބުނެފައިވަނީ އޭނާއާއި ރަންބީރުގެ ކެމިސްޓްރީ ދިމާވެއޭ މީހުން ކިޔާތީ އުފާވާކަމަށެވެ. އަންނަ އަހަރު ރިލީޒްކުރާ ފިލްމެއްގެ މަސައްކަތް އޭނާއާއި ރަންބީރާއި ދެމީހުން ކުރަމުންދާކަމަށާއި އެ ދެ މީހުން ކެމިސްޓްރީ ދިމާވެއޭ ބުނާ މީހުން އެ ފިލްމު ބަލާލުމަށް ދައުވަތު ދޭކަމަށެވެ. އާލިއާ މީގެ ކުރިން އިންޑީއާގެ ނޫހެއް ކަމަށްވާ ފިލްމު ފެއާއަށް ދީފައިވާ އިންޓަވިއުގައި ބުނެފައިވަނީ އޭނާއާއި ރަންބީރާ އެކުގައި މަސައްކަތް ކުރާތާ އަދި ވީ ކުޑަ ދުވަސްކޮޅެއްކަމަށާއި އޭނާއަކީ ވަރަށް އާދައިގެ މީހެއްކަމަށެވެ. އަދި އެއީ އޭނާ ރަންބީރު ކިބައިން އެންމެ ކަމުދާ ސިފަކަމަށް އޭނާ ބުންޏެވެ.

އާލިއާ ބަޓް މި ދާއިރާގައި އުޅޭތާ މިހާރު ވަނީ 6 އަހަރު ވެފައެވެ. 2012 ވަނަ އަހަރުގެ ސްޓޫޑެންޓް އޮފްދަ އިޔާއިން ފިލްމީ ދާއިރާއަށް ނިކުތް އާލިއާ ވަނީ ކާމިޔާބު އެތައް ފިލްމުތަކެއް ކުޅެފައެވެ. އޭނާގެ އެންމެ ފަހުން ނިކުތް ފިލްމަކީ ރާޒީއެވެ. އާލިއާގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު ޒޯޔާ އަޚްތަރުގެ ގަލީ ބޯއި އާއި އަޔާން ކުކްރަޖީގެ ބްރަހްމަސްތްރާ ހިމެނެއެވެ. އަދި މީގެ އިތުރުން އަބީޝެކް ވަރްމާގެ ކަލްންކް އިންވެސް އޭނާ ފެނިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި