ކ. މާލެ
|
20 މެއި 2018 | އާދީއްތަ 11:39
ކަނޑުގަދަ ދުވަހެއް (ފައިލް ފޮޓޯ)
ކަނޑުގަދަ ދުވަހެއް (ފައިލް ފޮޓޯ)
މުހައްމަދު ޝަރުހާން
ރާއްޖޭގެ މޫސުން
މޫސުން: ހއ. އާއި ބ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް
ވައިޓް އެލާޓް ނެރެފައި ވަނީ މިއަދުގެ ހެނދުނު 09:45 އިން މެންދުރުފަހު 15:45 އަށް
ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވޭ
ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ

ގުގުރުމާއެކު ބޯކޮށް ވާރޭވެހި އަދި ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ ހއ. އާއި ބ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފި އެވެ.

ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސާރވިސް (މެޓް އޮފީސް) އިން ބުނީ ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެ ހިމެނޭ ގޮތަށް، ހއ. އާއި ބ. އަތޮޅާ ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، އަދި ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެކަމަށް ލަފާކުރެވޭތީ އާދިއްތަ ދުވަހުގެ ހެނދުނު 09:45 އިން ފެށިގެން މެންދުރުފަހު 15:45 އަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ.

 

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖޭގެ މެދުތެރޭގައި އަތޮޅުތަކަށް ވައިޖެހެނީ ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި އެހެން ހިސާބުތަކަށް ވައިޖެހެނީ ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ މެދުތެރޭގެ އަތޮޅުތަކުގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށާއި އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. 

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. މިއަދަކީ ހުޅަނގު މޫސުމުގެ ހަތަރު ވަނަ ނަކަތް ކަމަށްވާ ރޯނު ނަކަތުގެ ފުރަތަމަ ދުވަހެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް