ކ. މާލެ
|
20 މެއި 2018 | އާދީއްތަ 07:21
އައްޑޫސިީޓީގެ ބައެއް ސަރަހައްދުތަކުގައި ފެން ހިއްކަނީ
އައްޑޫސިީޓީގެ ބައެއް ސަރަހައްދުތަކުގައި ފެން ހިއްކަނީ
ޕޮލިސް
ރާއްޖެއަށް ކުރަމުންދާ ވިއްސާރަ
ވިއްސާރާގައި އައްޑޫ ސިޓީ ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެ
ހިތަދޫގެ ދެ ގެއަކާއި، ފޭދޫގެ ދެ ގެއަކަށް ވަނީ ފެނުގެ އަސަރުކޮށްފަ
އެއްވެސް ގެއްލުމެއް މިހާތަނަން ލިބިފައެއް ނެތް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީގެ ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.
ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހިތަދޫގެ ދެ ގެއަކާއި
، ފޭދޫގެ ދެ ގެއަކަށް ވަނީ ފެނުގެ އަސަރުކޮށްފައެވެ. އައްޑޫގައި ފެންބޮޑުވުމާއި ގުޅިގެން ފުލުހުން ވަނީ މަގުތަކައި ފެނުގެ އަސަރުކުރި ގެތަކުން ފެން ހިންދުމަށް ހަރަކާތްތެރި ވެފައެވެ.

އައްޑޫ ސިޓީގައި ފެންބޮޑުވެފައި

ފުލުހުން ބުނީ ވިއްސާރައިގައި އައްޑޫ ސިޓީގެ ބައެއް ގެތަކުގައި ފެންބޮޑުވި ނަމަވެސް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. 

މީގެ އިތުރުން ގދ. ތިނަދޫގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ފުލުހުން ވަނީ ފެންހިއްކުމުގެ މަސައްކަތް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް