ކ. މާލެ
|
20 މެއި 2018 | އާދީއްތަ 01:08
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް
އަޒުމޫން އަހުމަދު
މުހައްމަދު ޝިފާޒު
އަމާޒަށް ވާސިލްވެވޭނީ، ރައީސް ނަޝީދު މިހާރު ކުރައްވާ މަސައްކަތުން: ޝިފާޒް
ރައީސް ޔާމިން ކިހިލި ޖަހައިގެން ރައީސް ނަޝީދު އިންތިހާބު ކާމިޔާބު ކުރާނެ

ރާއްޖޭގެ ރައްޔިތުން ބޭނުވާ ތަސައްވަރު ހާސިލް ކުރަން އެމްޑީޕީން ދާން ބޭނުންވާ އަމާޒަށް ވާސިލް ވެވޭނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު އެ ކުރައްވާ މަސައްކަތުން ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝީފާޒް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންނަން އޮތް ހަމައެކަނި ޗެލަންޖަކީ ރައީސް ނަޝީދު ކަމަށެވެ. މިހާރު ރައީސް ނަޝީދު އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރައްވަން އެކުރައްވާ މަސައްކަތުންގެ ނަތީޖާއަކަށް ވެގެންދާނީ އެމަނިކުފާނަން އިންތިހާބްގައި ވާދަކުރެވޭނެކަން ޔާގީންކަން ލިބުން ކަމަށެވެ. އަދި ރައީސް ޔާމީން ކިހިލި ޖަހައިގެން ރައީސް ނަޝީދު އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމުގައި ޝިފާޒް ވިދާޅުވިއެވެ. 

"ރައްޔިތުން ވޯޓު ދޭން ބޭނުންވަނީ ވައްކަން ނުކުރާނެ ބަޔަކަށް. ރައްޔިތުން ދައުލަތައް ދޭ ފައިސާއަށް ހެދި ގޮތެއް ބުނެދޭނެ މީހަކު ނެތް. އެމްއެމްޕީއާރުސީއަށް ވަތް ފައިސާއަށް ވީ ގޮތެއް ނޭނގޭ. ވައްކަން ނުކުރާނެ ވެރިއަކު ރައްޔިތުން ބަލާނެ. ރައީސް ޔާމިން ކިހިލި ޖަހަލައިގެން ރައީސް ނަޝީދު އިންތިހާބު ކާމިޔާބު ކުރައްވާނެ. ރައީސް ނަޝީދަށް އިންތިހާބުގައި ކުރިމަތިލެއްވޭ ހިސާބުން ރައީސް ޔާމީން އިންތިހާބަށް ކުރިމަތިލައްވާނެ ކަމެއް ނޭނގެ" ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވަނީ ތަކުރާރުކޮށް އެމްޑީޕީން ދައްކާ ކެނޑިޑޭޓަކަށް ކުރިމަތި ނުލެވޭ ގޮތައް ހައްދަވައިގެން ރައީސް ޔާމީނަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމާމެދު ހަމަ އެއްވެސް ޝައްކެތް ނުކުރައްވާ ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތުންގެ މައިގަނޑު ވިސްނުމަކީ ރައީސް އަބްދުﷲ ޔާމީން ކިބައިން ސަލާމަތްވުން. ރައްޔިތުން މަޑުން ތިބެނީ ރައީސް އަބްދުﷲ ޔާމިނަށް ތާއީދު ކުރާތީ އެއްނޫން. މި އަހަރު ރިޔާސީ އިންތިހާބެއް އޮތީމަ. ރާއްޖޭގެ ރައްޔިތުން ބޭނުންވޭ ރައީސް ނަޝީދު ކުރިމަތި ލެއްވުމަށް، ހުރިހާ ޕާޓީތަކުގެ ލީޑަރުން ހައްޔަރު ކޮށްގެން ވެރިކަން ކުރެވިދާނެ ކަމަށް ރައީސް އަބްދުﷲ ޔާމިން ހީފުޅުވުމަކީ ކުށްހީއެއް، ރިޔާސީ އިންތިހާބު ޖެހޭނީ ހޯދަން. ރައީސް އަބްދުﷲ ޔާމީން މިނިވަން އިންތިހާބަށް ހުރަސްއަޅުއްވަން މަސައްކަތް ކުރައްވާނެ. އިންތިހާބު ޖެހޭނީ ހޯދަން" ޝިފާޒް ވިދާޅުވިއެވެ.

ރައީސް ނަޝީދު މި ވަގުތު އެ ކުރައްވާ ކެމްޕޭން އަކީ ތާއީދު ހޯއްދަވަން ކުރައްވާ ކެމްޕޭނެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެއީ ރާއްޖެ ތައްރައްގީ ކުރަން "ޖަޒީރާ ރައީސްގެ" ތަސައްވަރު ރައްޔިތުންނާއި ހަމައަށް ގެންގޮސް ދެއްވުމަށް ކުރައްވާ ކެމްޕޭނެއް ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް