ކ. މާލެ
|
19 މެއި 2018 | ހޮނިހިރު 23:30
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ފޭސްބުކް
ރައީސް ނަޝީދު 2018
ރައީސް ނަޝީދު ރައީސް ޔާމީނަށް: އިންތިހާބާއި މެދު ދެވަނަ ވިސްނުމަކަށް ވަޑައިގަންނަވާ
ވާދަވެރިންނަށް ފުރުސަތު ދެއްވުމަށް ގޮވާލެއްވި
އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ ވިސްނުމަށް ވަޑައިގަތުމަށް ރައީސް ނަޝީދު ވަނީ ރައީސް ޔާމީންގެ އަރިހުން އެދިލައްްވާފައި
ރިޔާސީ ނިޒާމެއް ރައްޔިތުން ބަލައިގަތީ ވާދަވެރި ސިޔާސީ ނިޒާމެއް ބަލަގަތުމުގެ ގޮތުން

ކުރިޔަށް މިއޮތް ރިޔާސީ އިންތިހާބާމެދު ދެވަނަ ވިސްނުންފުޅަކަށް ވަޑައިގަތުމަށް އެމްޑީޕީގެ ޕްރައިމަރީގައި ކެމްޕެއިން ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީނަށް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ "ޖަޒީރާ ރައީސް" ކެމްޕެއިންގައި ގދ. ތިނަދޫގައި ބޭއްވި ޖަލްސްގާއި ސްކައިޕް މެދުވެރިކޮށް ވާހަކަ ދައްކަވަމުންނެވެ. ލަންކާގައި ހުންނެވި ރައީސް ނަޝީދު ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަކީ ރައީސް ޔާމީނާއި އެމަނިކުފާނަށްވުރެ މާ ބޮޑު އަދި މުހިންމު އިންތިހާބެއް ކަމަށެވެ. އެގޮތުން ވާދަވެރިންނަށް ފުރުސަތު ދެއްވައި އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ ވިސްނުމަށް ވަޑައިގަތުމަށް ރައީސް ނަޝީދު ވަނީ ރައީސް ޔާމީނަށް ގޮވާލައްވާފައެވެ.

"އަޅުގަނޑު އިހުލާސްތެރިކަމާއެކު ރައީސް ޔާމީން އަރިހުން ވެސް އެދެން، ކުރިޔަށް މިއޮތް ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ދެވަނަ ވިސްނުމަކަށް ވަޑައިގަތުމަށް. ވާދަވެރިންނާއި އެކުގައި ވާދަކުރައްވައިގެން އިންސާފުވެރި ރިވެތި އިންތިހާބެއް ބޭއްވުމުގެ ވިސްނުމަށް ވަޑައިގަތުމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ނިޒާމެއް ރައްޔިތުން ބަލައިގަތީ ވާދަވެރި ސިޔާސީ ނިޒާމެއް ބަލައިގަތުމުގެ ގޮތުން ކަމަށާއި އަނިޔާވެރި ސިޔާސީ ނިޒާމެއް ހިންގާކަށް ނޫން ކަމަށެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީން ހުރިހާ ބާރެއް އަތްޕުޅަށް ނަންގަވާފައިވާ ކަމަށާއި ސުޕްރީމް ކޯޓުން އެމަނިކުފާނަށް ކުރިމަތިލެއްވޭނެ ކަމަށް ހުކުމް އިއްވުމުން ދެ ފަނޑިޔާރުން ހައްޔަރުކޮށް ރާއްޖޭގެ ޝަރުއީ ނިޒާމް ރޫޅާލައްވާފައިވާ ކަމަށެވެ.

"ރިޔާސީ ނިޒާމް ދިވެހިން ބަލައިގަތީ ވާދަވެރި ސިޔާސީ ނިޒާމެއް ބަލައިގަތުމަށް. އަނިޔާވެރި ސިޔާސީ ނިޒާމެއް ހިންގާކަށެއް ނޫން."

ރައީސް ނަޝީދުގެ ކެމްޕެއިން އަތޮޅުތަކާއި މާލެ އަދި ރާއްޖެއިން ބޭރުގައި ހަލުވި ސްޕީޑެއްގައި ކުރިޔަށްދާއިރު އެމަނިކުފާނު ވަނީ 7739 މެމްބަރުންގެ ސޮޔާއެކު ޕްރައިމަރީގައި ވާދަކުރައްވާ ފޯމް ހުށަހަޅުއްވާފައެވެ. ޕްރައިމަރީއަށް ކުރިމަތިލުމުގެ ވަގުތު ހަމަވިއިރު ކުރިމަތިލެއްވީ ހަމައެކަނި ރައީސް ނަޝީދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
20 މެއި 2018 | އާދީއްތަ 04:29
މމ
ހަމަ ހިނި އަންނަނީ