ކ. މާލެ
|
19 މެއި 2018 | ހޮނިހިރު 20:30
ތުރުކީގެ ރައީސް އުރުދުޣާން
ތުރުކީގެ ރައީސް އުރުދުޣާން
އަލްޖަޒީރާ
ތުރުކީ
މުސްލިމު ގައުމުތައް ގުޅިގެން އިސްރާއީލާ ދެކޮޅަށް ނިކުންނަން ޖެހޭ: އުރުދުޣާން
އިސްރާއީލުން ދަނީ ފަަލަސްތީނު ބޯޑަރު ސަރައްދުގައި މުޒާހަރާ ކުރަމުންދާ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ އެތަކެއް އަމަލު ހިންގަމުން

 

މުސްލިމު ގައުމުތައް ގުޅިގެން އިސްރާއީލާ ދެކޮޅަށް ނިކުތުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެެއެވެ. 

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެކްސްޓްރާ އޯޑިނަރީ ސަމިޓެއްގައި ވާހަކަފުޅުދައްކަވަމުން ހުކުރު ދުވަހު އުރުދުޣާން ވިދާޅުވީ އިސްރާއީލުން ފަލަސްތީނު ރައްޔިތުން މަރަމުންދާ ދިއުން ހުއްޓުމަކަށް ގެންނަން ޖެހޭ ކަމަށާއި އެކަމަށް އިސްރާއީލު ޖަވާބުދާރީ ކުރުވަން ޖެހޭ ކަަމަށެވެ. 

ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި މުސްލިމު ގައުމުތަކުގެ ވެރިންގެ ކުރިފުޅުމަތީގައި ވާހަކަފުޅުދައްކަވަމުން އުރުދުޣާން ވިދާޅުވީ ފަލަސްތީނު ރައްޔިތުން ކަތިލަމުންދާ އިސްރާއީލާ ދެކޮޅަށް ނިކުތުމަކީ، އިންސާނިއްޔަތުކަން ދުނިޔޭގައި އޮތްކަން ހާމަކުރުމަށް މުހިންމުކަމެއް ކަމަށެވެ. 

"ރައީސް އުރުދުޣާން އިސްރާއީލުން ފަލަސްތީނު ރައްޔިތުން މަރަމުންދާ ދިއުން ސިފަ ކުރެއްވީ ދައުލަތުން ހިންގާ ޓެރަރިޒަމްގެ ގޮތުގައެވެ."

ޣައްޒާ ބޯޑަރު ސަރަހައްދުގައި އިސްރާއީލުން ބޭނުން ކުރަމުން ގެންދަނީ "މުޅިންވެސް ހާލަތާ ނުބައްދަލު ބާރު ކަމަށް" އދ ގެ އިންސާނީ ހައްގުތަކާ ބެހޭ އިސް ވެރިޔާ ޒައިދް ރާދް އަލް-ހުސައިން ވަނީ ވިދާޅުވެފައެވެ. ޣައްޒާ ބޯޑަރު ސަަަރަހައްދުގައި އިސްރާއީލާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން މުޒާހަރާ ކުރަމުންދާ އިރު މިފަހުގެ މުޒާހަރާތަކުގައި 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު މިދިޔަ ހޯމަ ދުވަހު އެކަނިވެސް އިސްރާއީލުން ވަނީ ފަލަސްތީނުގެ 60 މުޒާހިރީން މަރާލާފައެވެ.

މިދިޔަ ޑިސެމްބަރު މަހު އެމެރިކާ އިން ވަނީ އިސްރާއީލުގައި ހުންނަ އެގައުމުގެ އެމްބަސީ ގުދުސްއަށް ބަދަލު ކުރަން ނިންމާފައެވެ. އަދި ގުުދުސް އަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ނިންމާފައެވެ. އަދި މިހާރު އެމެރިކާ އިން ވަނީ ގުދުސް ގައި އެގައުމުގެ އެމްބަސީ ހުޅުވާފައެވެ. އެކަމާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން ދަނީ ދެކޮޅު ހަދާ ނުރުހުންފާޅު ކުރަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް