ކ. މާލެ
|
19 މެއި 2018 | ހޮނިހިރު 19:29
އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވި ފަރާތްތަކަށް ފަރުވާ ދެނީ
އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވި ފަރާތްތަކަށް ފަރުވާ ދެނީ
ރޮއިޓަރސް
ޣައްޒާގެ ހިސޯރު
ޣައްޒާގައި އިސްރާއިލުން ހިންގާ ލާއިންސާނީ އަމަލުތަކާ ބެހޭ މިނިވަން ތަހުގީގެއް ހިންގުމާ ދެކޮޅަށް އެމެރިކާ އާއި އޮސްޓްރޭލިއާއިން ވޯޓު ދީފި
ޣައްޒާގެ ހާލަތާ ބެހޭ މިނިވަން ތަހުގީގެއް ހިންގުމާ އެއްކޮޅަށް 29 ގައުމަކުން ވޯޓު ދީފައިވޭ
މިނިވަން ތަހުގީގަކަށް ވޯޓަށް އަހާފައި ވަނީ ހުކުުރު ދުވަހު ބޭއްވި އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ބައްދަލުވުމެއްގައި

 

ޣައްޒާގައި އިސްރާއިލުން ހިންގާ ލާއިންސާނީ އަމަލުތަކާ ބެހޭ މިނިވަން ތަހުގީގެއް ހިންގުމާ ދެކޮޅަށް ވޯޓު ދިން ދެގައުމުގެ ތެރޭގައި އޮސްޓްރޭލިއާ އާއި އެމެރިކާ ހިމެނިއްޖެއެވެ. 

އިސްރާއީލުން ހިސޯރުކޮށްފައިވާ ޣައްޒާގެ އިންސާނީ ހައްގުތައް ދަށަށް ދާ ދިއުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި އދ ގެ އިންސާނީ ހައްުގުތަކާ ބެހޭ ބައްދަލުވުމެއްގައި ޣައްޒާގެ ހާލަތާ ބެހޭ މިނިވަން ތަހުގީގެއް ހިންގުމާ އެއްކޮޅަށް 29 ގައުމަކުން ވޯޓު ދީފައިވެއެވެ. އެމެރިކާ އާއި އޮސްޓްރޭލިއާ އިން މިނިވަން ތަހުގީގަކާ ދެކޮޅަށް ވޯޓު ދިންއިރު 14 ގައުމަކުން ވޯޓުގައި ބައިވެރިއެއް ނުވެއެވެ. 

ރިޕޯޓުތައް ބުނާގޮތުން ހުކުރު ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި އޮސްޓްރޭލިއާ އިން ވަނީ ޣައްޒާގެ ހަމަނުޖެހުންތަކުގައި "މީހުން މަރުވެ އަދި ޒަޚަމްވަމުން ދާތީ އެކަމާ ހިތާމަފާޅުކޮށްފައެވެ." އެހެންނަމަވެސް އޮސްޓްރޭލިއާ އިން ބައްދަލުވުމުގައި ގެންގުޅުނު ވިސްނުމަކީ އިސްްރާއީލުން އެގައުމަށް އަމިއްލަ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

ޣައްޒާ ބޯޑަރު ސަރަހައްދުގައި އިސްރާއީލުން ބޭނުން ކުރަމުން ގެންދަނީ "މުޅިންވެސް ހާލަތާ ނުބައްދަލު ބާރު ކަމަށް" އދ ގެ އިންސާނީ ހައްގުތަކާ ބެހޭ އިސް ވެރިޔާ ޒައިދް ރާދް އަލް-ހުސައިން ވަނީ ވިދާޅުވެފައެވެ. ޣައްޒާ ބޯޑަރު ސަަަރަހައްދުގައި އިސްރާއީލާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން މުޒާހަރާ ކުރަމުންދާ އިރު މިފަހުގެ މުޒާހަރާތަކުގައި 100 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު އެކަނިވެސް އިސްރާއީލުން ވަނީ ފަލަސްތީނުގެ 60 މުޒާހިރީން ޝަހީދުކޮށްލާފައެވެ.

މިދިޔަ ޑިސެމްބަރު މަހު އެމެރިކާ އިން ވަނީ ގުުދުސް އަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ނިންމާފައެވެ. އަދި މި މަހު އެޤައުމުން ވަނީ ގުދުސް ގައި އެގައުމުގެ އެމްބަސީ ހުޅުވާފައެވެ. ފަލަސްތީނު ރައްޔިތުން ދަނީ އެކަމާއި ދެކޮޅު ހަދައި ނުރުހުން ފާޅުކުރަމުންނެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް