ކ. މާލެ
|
19 މެއި 2018 | ހޮނިހިރު 15:26
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
މުހައްމަދު ޝަރުހާން
ކުރީގެ ރައީސް ނަޝީދު
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތި ލެއްވީ ރައީސް ނަޝީދު އެކަނި!
ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމުގެ ސުންގަޑި މިއަދު 12:00 ވަނީ ހަމަވެފައި
އެމްޑީޕީގެ ޕްރައިމަރީ އޮތީ މިމަހުގެ 30 ގައި
"ޖަޒީރާ ރައީސް"ގެ ނަމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ގެންދަނީ ކެމްޕެއިން ކުރައްވަމުން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލި މުއްދަތު ހޮނިހިރު ދުވަހުގެ 12:00އަށް ހަމަވި އިރު ކުރިމަތިލެއްވީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު އެކަނި ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ އިންތިހާބު ކޮމިޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ރާއްޖެއެމްވީއަށް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތި ލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމުން ހޮނިހިރު ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށް ވަގުތު ހަމަވި އިރު ރައީސް ނަޝީދު ފިޔަވާ އިތުރު ފަރާތަކުން ކުރިމަަތިލާފައި ނުވާ ކަމަށެވެ. 

ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. 

އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް، ރައީސް ނަޝީދުގެ ފޯމު އެ ޕާޓީއަށް ހުށަހެޅުމުގެ ރަސްމިއްޔާތު އޮތީ ހޮނިހިރު ދުވަހުގެ މެންދުރު 11:00 ގައި އެމްޑީޕީ އޮފީހުގައެވެ. ރައީސް ނަޝީދުގެ ފަރާތްޕުޅުން އެ ފޯމު އެމްޑީޕީއަށް ހުށަހެޅުއްވީ އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރުދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. އެމްޑީޕގެ ފަރާތުން ފޯމާ ހަވާލުވެވަޑައިގެންނެވީ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފެވެ.

ޕްރައިމަރީގައި ރައީސް ނަޝީދު ވާދަ ކުރައްވަން ހުށަހެޅުއްވި ފޯމާއެކު، 7،739 މެމްބަރުންގެ ސޮއި ހިމެނޭ ތާއިދު ފޯމުތަކެއް ވެސް ވަނީ އެމްޑީޕީގެ އޮފީހަށް ހުށަހަޅާފައެވެ. އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވާ ކެންޑިޑޭޓުން މަދުވެގެން 500 މެމްބަރުންގެ ތާއީދު ސޮއި ހުށަހަޅަން ޖެހެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް "ޖަޒީރާ ރައީސް"ގެ ނަމުގައި ރައީސް ނަޝީދު ވަނީ ކެމްޕެއިން ފައްޓަވާފައެވެ. އެމަނިކުފާނުގެ ކެމްޕެއިން ޓީމުތަކުން ވަނީ ރާއްޖޭގެ 30 އަށް ވުރެ ގިނަ ރަށްތަކަށް ޒިޔާރަތް ކޮށްފައެވެ. އަދި ސްކައިޕް މެދުވެރިކޮށް، ރައީސް މުހައްމަދު ނަޝީދު ވަނީ 40 ވުރެ ގިނަ ރަށްރަށަށް ވީޑީއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅުއްވައި، ތާއީދު ހޯއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ. އަދި މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކެމްޕެއިންގެ ހަރަކާތްތައް ދަނީ ހިންގަމުން ނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް