ކ. މާލެ
|
19 މެއި 2018 | ހޮނިހިރު 18:48
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ހުޅުވާލުން
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ހުޅުވާލުން
ޓްވިޓަރ
ފަލަސްތީނަށް އެހީވުން
ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ތިބި ރައްޔިތުންނަށް އެހީވުމަށް ފުރުސަތު ހުޅުވާލައިފި
އެހީވުމަށް ބޭނުންވާ މީހުން 20 ޑޮލަރު ނުވަތަ އެ އަދަދަށް ވާ ދިވެހި ފައިސާ ހަދިޔާ ކުރުމަށް ވަނީ އެދިފައި
މިފައިސާއިން ގާޒާގައި ހާލުގައި ޖެހިފައިވާ 1،000 އާއިލާއަށް ކެއުން ފޯރުކޮށްދޭނެ

އިސްރާއީލުގެ އުދުވާނީ ބާރުތަކުން ފަލަސްތީނުގެ އާންމު ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުލް އާންމުގައި ހާލުގައި ޖެހެމުންދާ އާއިލާތަކަށް އެހީވުމުގެ ފުރުސަތު ރާއްޖޭގެ ރައްޔިތުންނަށް ހުޅުވާލައިފި އެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ބުނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް "ލޯތްބާއި އެކު ގާޒާގެ ރައްޔިތުންނަށް" ނަމުގައި ޚާއްސަ ހަރަކާތެއް ފަށާފައިވާ ކަމަށާއި، މިހަރަކާތުގައި ބައިވެރިވުމަށް އެދޭ އެންމެނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެހީ ޖަމިއްޔާ ގުޅިގެން ކުރިއަށް ގެންދާ މިހަރަކާތުގައި އެހީވުމަށް ބޭނުންވާ މީހުން 20 ޑޮލަރު ނުވަތަ އެ އަދަދަށް ވާ ދިވެހި ފައިސާ ހަދިޔާ ކުރުމަށް ވަނީ އެދިފައެވެ. އަދި މިފައިސާއިން ގާޒާގައި ހާލުގައި ޖެހިފައިވާ 1،000 އާއިލާއަށް ކެއުން ފޯރުކޮށްދޭނެ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން މައުލޫމާތުދެ އެވެ.

މި ހަރަކާތުން ލިބޭ ފައިސާ ހަވާލު ކުރަނީ ފަލަސްތީނުގެ ގާޒާގައި ހަރަކާތްތެރިވާ އަލް ފަލާހު ބިނެލޮވެންޓް ސޮސައިޓީއާއި އެވެ. އެ ސޮސައިޓީން މި ފައިސާއިން ގަންނާނެ ކާބޯ ތަކެތީގެ ތެރޭގައި ޓޮމާޓޯއާއި، ކިއުކަމްބާއާއި، އަލުއްވާއި، ކެބެޖާއި، ކުކުޅާއި، ކުކިން އޮއިލްގެ އިތުރަށް ޕާން ހިމެނެ އެވެ.

ކެމްޕޭނަށް އެހީތެރިވުމަށް ފައިސާ ހަދިޔާކުރެވޭނެ އެކައުންޓްތައް:

ބީއެމްއެލް އެކައުންޓް ނަންބަރު: 7770000014818 (އެހީ ޖަމިއްޔާ)

ޑޮލަރު އެކައުންޓް ނަންބަރު: 7770000014817 (އެހީ ޖަމިއްޔާ)

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް