ކ. މާލެ
|
19 މެއި 2018 | ހޮނިހިރު 14:57
ތުޅާދޫ ރައްޔިތުން ރައީސް ނަޝީދުގެ ކެންޕޭން ޓީމަށް މަރުހަބާ ކިޔަނީ...
ތުޅާދޫ ރައްޔިތުން ރައީސް ނަޝީދުގެ ކެންޕޭން ޓީމަށް މަރުހަބާ ކިޔަނީ...
ރާއްޖެއެމްވީ
ރައީސް ނަޝީދު 2018
ޖަޒީރާ ރައީސްގެ ކެމްޕެއިން ޓީމުން ބ އަތޮޅުގެ ގިނަ ރަށްތަކަށް ޒިޔާރަތް ކޮށްފި
ރައީސް ނަޝީދުގެ ކެންޕޭން ޓީމުން މިއަދު ފުޅަދޫއާ ގޮއެދޫއަށް ދިއުމަށް ވަނީ ހަމަޖެހިފައި
މިކެންޕޭނަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭ

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުން ބ އަތޮޅުގެ ގިނަ ރަށްތަކަށް ޒިޔާރަތް ކޮށްފިއެވެ.

މި ކެމްޕެއިން ޓީމުގައި އިސްކޮށް ހަރަކާތްތެރި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރެވެ. ނިޒާރުގެ އިތުރުން ވެސް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އާއި އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ފަރާތްތައް މި ދަތުރުގައި ބައިވެރިވެއެވެ.

ޖަޒީރާ ރައީސްގެ ނަމުގައި ހިންގަމުންދާ މި ކެމްޕެއިންގެ ހަރަކާތްތައް ފަށާފައިވަނީ ބ. ދޮންފަނުންނެވެ. އެއަތޮޅުގެ ގިނަ ރަށްތަކަކަށް ގޮސްފައިވާ ވާއިރު މިއަދު ވަނީ ފެހެންދޫއަށް ގޮސްފައެވެ. އަދި މިއަދު ފުޅަދޫއާ ގޮއެދޫއަށް ދިއުމަށް ހަމަޖެހިފައިވާ ވެސް ކަމަށް ކެންޕޭން ޓީމުން މައުލޫމާތު ދެއެވެ. 

ކެންޕޭން ޓީމުން ޒިޔާރަތް ކުރާ ކޮންމެ ރަށެއްގައި ޖަޒީރާ ރައީސްގެ ކެމްޕެއިން ތަފާތު ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވެއެވެ. އެގޮތުން އެމްޑީޕީއަށް ސަޕޯޓްކުރައްވާ ރައްޔިތުންނާއި ބައްދަލުކޮށް ކެންޕޭނާއި ގުޅޭ މައުލޫމާތުދީފައިވާއިރު ރައީސް ނަޝީދުގެ ކެމްޕެއިން ޕޯސްޓަރުތައް ވެސް ވަނީ ހިއްޕާފައެވެ. މިހަރަކާތްތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް ވެސް އެޓީމުން ބުންޏެވެ.

ހަމައެހެންމެ ކެމްޕެއިން ޓީމުން ހުކުރު ދުވަހުގެރޭ ބޮޑު ޖަލްސާއެއް ތުޅާދޫގައި ވަނީ ބާއްވާފައެވެ. މި ރަށްރަށުގެ ރައްޔިތުންނާއި ސްކައިޕް މެދުވެރިކޮށް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވެއެވެ.

ޖަޒީރާ ރައީސްގެ ކެމްޕެއިން ހަރަކާތްތައް ދަނީ ބާރަށް ކުރިއަށެވެ. އެގޮތުން މާލެއާއި އަތޮޅުތެރޭގައި އެހަރަކާތްތައް ކުރިއަށްދާއިރު ހަފްތާ ބަންދާ ދިމާކޮށް މާލެއިން އަތޮޅުތަކަށް ޓީމުތައް ދަނީ ދަތުރު ކުރަމުންނެވެ. ބ އަތޮޅުގެ އިތުރުން ހުވަދު އަތޮޅުގައި ވެސް އެ ކެމްޕެއިން ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް