ކ. މާލެ
|
19 މެއި 2018 | ހޮނިހިރު 14:54
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގު
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގު
އޭޕީ
މެލޭޝިއާ ކޮރަޕްޝަން
ނަޖީބް ރައްޒާގް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވާން ޗިޓު ފޮނުވައިފި
ހާޒިރު ކުރަނީ ނަޖީބްގެ ބަޔާން ނެގުމަށް
ެސްއާރްސީ އެކައުންޓުން ނަޖީބްގެ އަމިއްލަ އެކައުންޓަށް ދިހަ މިލިއަން ޑޮލަރު ޖަމާ ވަނީ ކޮށްފައި

ފާއިތުވި 56 އަހަރު މެލޭޝިއާގައި ވެރިކަންކުރި ޕާޓީގެ ކުރީގެ ރައީސް އަދި ފާއިތުވި ދައުރުގެ ބޮޑު ވަޒީރު ނަޖީބް ރައްޒާގް މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވާން އަންގައިފިއެވެ.

ދައުލަތުގެ ޑިވެލޮޕްމަންޑް ފަންޑުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގައް ނަގާފައިވާ މައްސަލައިގައި ނަޖީބުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތު ތަކަށް އޭނާގެ ބަޔާން ނެގުމަށް ކޮމިޝަނަށް ހާޒިރުވާން ވަނީ ޗިޓް ފޮނުވައިފައި ކަމަށް ތިން މަސްދަރަކާ ހަވާލާދީ ރޮއިޓާސްއިން ވަނީ ބުނެފައެވެ.

މި ފަންޑުގެ ފައިސާ އިން ނަޖީބްގެ އަމިއްލަ އެކައުންޓަށް ދިހަ މިލިއަން ޑޮލަރު ޖަމާކުރި ކަމުގެ ހެކިތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރޮއިޓާސްގެ މަސްދަރަކަށް ވަނީ ހުކުރު ދުވަހު އެސްއާރްސީ އާ ގުޅޭ ގޮތުން ބަޔާނެއް ދިނުމަށްޓަކައި އަންގާރަ ދުވަހު ހާޒިރުވާން އަންގައިފައިވާ ޗިޓެއް ނަޖީބްގެ ގެއަށް ހަވާލް ކުރިތަން ފެނިފައެވެ. އަދި އިތުރު ދެ މަސްދަރަކުން ވަނީ ނަޖީބްގެ ގެޔާއި ޗިޓެއް ހަވާލު ކުރެވުނުކަން ޔަގީން ކޮށްދީފައެވެ.

ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން ނަޖީބްގެ މުޝީރުގެ ބަހެއް ނުލިބޭއިރު ގާނޫނީ ވަކީލް ހުންނެވީ ހަނުންނެވެ. އަދި ނަޖީބް ވަނީ ގަވާއިދާއި ޚިލާފަށް އެއްވެސް ކަމެއް ނުކުރަށްވާ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާއާއި ދުނިޔޭގެ 5 ގައުމަކުން ދަނީ ފަންޑައް ވީގޮތް ދެނެގަތުމަށްޓަކައި ތަހްގީގު ކުރަމުންނެވެ.

ބޮޑުވަޒީރު އަލަށް އިސްވި މަހާތިރް ވަނީ އިންތިޚާބުވީތާ މާގިނައިރު ނުކޮށް ނަޖީބްއާއި އަނބިކަބަލުން ރޮސްމަހް މަންސޫރް ގައުމުން ފުރުން މަނާކޮށްފައެވެ. މަހާތިރް ވިދާޅުވެފައި ވަނީ 1އެމްޑީބީގެ ޚިޔާނަތް އިތުރަށް ބަލާ ތަހްގީގު ކުރުމަށް އެކަށީގެންވާ ހެކި ހުރިކަމަށެވެ.

ފުލުހުންވެސް ދަނީ 1އެމްޑީބީ ކޮރަޕްޝަންގެ މައްސަލަ ތަހްގީގު ކުރުމަށްޓަކައި ނަޖީބް އުޅުއްވާ ގެކޮޅާއި އެހެނިހެން ގޮތްގޮތުން ގުޅުންހުރި ތަންތަން ބަލާ ފާސް ކުރަމުންނެވެ. އެއާއެކު ނަޖީބްގެ ގެތަކުން ވަނީ 72 ދަބަސް ފުރާ އެކި ގައުމުތަކުގެ ފައިސާއާއި ޖަވާހީރުތައް ވަނީ އަތުލައިގެންފައެވެ. އެއާއެކު ދުނިޔޭގެ އެންމެ އަގުބޮޑެތި ދަބަސް އަޅާއިފައި ހުރި 284 ފޮށިވެސް ވަނީ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް