ކ. މާލެ
|
19 މެއި 2018 | ހޮނިހިރު 12:57
ކެންޕޭން ޓީމުން ގައްދޫ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ...
ކެންޕޭން ޓީމުން ގައްދޫ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ...
ރާއްޖެއެމްވީ
ގދ.ގައްދޫ
ވިއްސާރައިގައި ވެސް ޖަޒީރާ ރައީސްގެ ކެމްޕެއިން ޓީމް ދަނީ ކުރިއަށް
ނަޝީދުގެ ކެމްޕެއިން ޓީމް ގދ އަތޮޅުގެ ގިނަ ރަށްތަކަށް ވަނީ ޒިޔާރަތް ކޮށްފައި
މިރޭ ގދ ތިނަދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށްވަނީ ހަމަޖެހިފައި

މޫސުން ގޯސްވި ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމް ގދ އަތޮޅުގެ އެކި ރަށްތަކަށް ޒިޔާރަތް ކުރަމުން އެބަދެއެވެ.

މިއަދު ކެންޕޭން ޓީމުން ވަނީ ގދ އަތޮޅު ގައްދޫއަށް ގޮސްފައެވެ. އެއަށްފަހު އެޓީމު ދިއުމަށް ހަމަޖެހިފައިވަނީ ވާދުއަށާއި، ގދ ތިނަދޫއަށެވެ. އަދި މިރޭ ގދ ތިނަދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ގައްދޫގެ ކެންޕޭންގެ ތަފާތު ހަރަކާތްތައް މިހާރު ކުރިއަށް ގެންދާއިރު އެހިސާބަށް މޫސުން ވަރަށް ގޯސް ކަމަށާއި، ނަމަވެސް ކެންޕޭންގެ ހަރަކާތްތައް ވަރަށް ފޯރިއާ އެކު ކުރިއަށް ގެންދާ ކަމަށް އެރަށުގައި ހަރަކާތްތެރި ވަމުން އަންނަ ރާއްޖެ ޓިވީގެ ނޫސްވެރިޔާ މައުލޫމާތުދެ އެވެ. ކެންޕޭން ޓީމް ޒިޔާރަތް ކުރި އެހެން ރަށްތަކުގައި ވެސް ވަރަށް ގަދައަށް ކެންޕޭންގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ހައުސިން މިނިސްޓަރ ކަންކުރެއްވި މުހައްމަދު އަސްލަމް އިސްކޮށް ހުންނަވާ މި ޓީމުން އެރަށްރަށުގައި ތިބި އެމްޑީޕީގެ އިސް ފަރާތްތަކާ ބައްދަލުކޮށް ކެންޕެއިން ހަރަކާތް ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. އަދި ކޮންމެރަށެއްގައިވެސް ރައީސް ނަޝީދުގެ ކެންޕެއިން ޕޯސްޓަރުތައް ތަތް ކުރުމާއި ތާއީދު ފޯމުގައި ސޮއި ކުރުންވެސްވަނީ ކުރިއަށް ގެންގޮސްފައެވެ.

ބުރާސްފަތި ދުވަހުގެ ރޭ މާލެއިން ގދ ތިނަދޫއަށް ދިޔަ މިޓީމުގެ ހަރަކާތްތައް ފަށާފައިވަނީ ހެނދުނު 10 ޖެހިއިރު ގދ މަޑަވެލިންނެވެ. އެއަށްފަހު އެއަތޮޅު ހޯޑެއްދޫ، ނަޑެއްލާ، ފިޔޯރީ، ރަތަފަންދޫ އަދި ފަރެސްމަތޮޑާއަށް މިޓީމުން ވަނީ ގޮސްފައެވެ.

ގދ އަތޮޅުގައި މިޓީމުން ހަރަކާތްތެރިވާއިރު ހަމަ މިޓީމާއެކު ގދ ތިނަދޫއަށް އައި އެހެން ޓީމެއް ގއ އަތޮޅު ރަށްރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް