ކ. މާލެ
|
19 މެއި 2018 | ހޮނިހިރު 11:06
ކަނޑު ގަދަ ދުވަހެއްގެ ކަނޑުމަތީ މަންޒަރެއް (ފައިލް ފޮޓޯ)
ކަނޑު ގަދަ ދުވަހެއްގެ ކަނޑުމަތީ މަންޒަރެއް (ފައިލް ފޮޓޯ)
މުހައްމަދު ޝަރުހާން
ރާއްޖޭގެ މޫސުން
މޫސުން: ވ. އަތޮޅުން ފެށިގެން ސ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފި
ވައިޓް އެލާޓް ނެރެފައިވަނީ މިއަދު 10:30 އިން ފެށިގެން 15:00 އާ ހަމައަށް

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ވ. އަތޮޅުން ފެށިގެން ސ. އަތޮޅުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފި އެވެ.

ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިރިއޮލޮޖިކަލް ސާރވިސް (މެޓް އޮފީސް) އިން ބުނީ ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން ވ. އަތޮޅުން ފެށިގެން ސ. އަތޮޅާ ދެމެދުގެ ރަށްތަކަށް ހޮނިހިރު ދުވަހުގެ 10:30 އިން ފެށިގެން 15:00 އަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، އަދި ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ މެދުތެރެއަށް ވައިޖެހޭނީ ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާދެމެދުގެ ބާރުމިނުގައި ކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

 

ރާއްޖޭގެ މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި  ވައި ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ. 

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. މިއަދަކީ ހުޅަނގު މޫސުމުގެ ތިން ވަނަ ނަކަތް ކަމަށްވާ ކެތި ނަކަތުގެ 14 ވަނަ ދުވަހެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް