ކ. މާލެ
|
19 މެއި 2018 | ހޮނިހިރު 10:22
ގޮވުމުގެ ހާދިސާއެއް ދައްކުވައިދޭ މަންޒަރެއް
ގޮވުމުގެ ހާދިސާއެއް ދައްކުވައިދޭ މަންޒަރެއް
ސަޕްލައިޑް
ގޮވުމުގެ ހާދިސާއެއް
ސީރިއާގެ އެއާޕޯޓެއްގައި ހިނގި ގޮވުމުގެ ހާދިސާގައި 11 ސިފައިން މަރުވެއްޖެ
ހާދިސާ ހިނގައިފައި ވަނީ ހުކުރު ދުވަހު
ހަތިޔާރާއި ތެޔޮ ރައްކާ ކޮށްފައި ހުރި ތަން ވަނީ ސުންނާފަތިވެފައި
އެތައް ބަޔަކަށް ވަނީ އަނިޔާ ލިބިފައި

ހަމާ މިލިޓަރީ އެއާޕޯޓް ސަރަހައްދުގައި  ގޮވުމުގެ ހާދިސާއެއް ހިނގައި ސީރިއާ ސަރުކާރުކާރުގެ ސިފައިންނާއި ސަރުކާރާ ގުޅިފައިވާ ހަނގުރާމަވެރިންގެ 11 މީހަކު މަރުވެއްޖެއެވެ.

މި ހާދިސާ ހިނގައިފައި ވަނީ ހުކުރު ދުވަހު ސެންޓްރަލް ސީރިއާގައެވެ. ގޮވުމުގައި ވަނީ ބަޑިގުދަނާއި ތެޔޮތައް ރައްކާ ކޮށްފައި ހުރި ތަންތަން ވެސް އެއްކޮށް އަނދައިފަ ވެފައެވެ. އިގިރޭސިވިލާތުގައި ހުންނަ ސީރިއާގެ ހިއުމަން ރައިޓްސް ކޮމިޝަންއިން ބުނެފައިވަނީ މިކަން ހިނގައިފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލަ އަކާ ހުރެއެވެ.

"ހަމާ މިލިޓަރީ އެއާޕޯޓްގައި ހިނގި މި ހާދިސާގައި ވަނީ ވަރަށް ބައިވަރު ހަތިޔާރާއި ތެޔޮ ރައްކާ ކޮށްފައި ހުރި ސަރަހައްދުތައް ސުންނާފަތިވެފައި." އޮބްޒަވޭޓޮރީ ޗީފް ރަމި އަބްދުލް ރަހްމާން ވިދާޅުވިއެވެ. "ހީވާ ގޮތުން މިކަން ހިނގައިފައި ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން"

އަބްދުލް ރަހްމާން ވިދާޅުވީ ޖުމްލަ 11 ސިފައިން މަރުވެފައި ކަމަށާއި އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ.

ސީރިއާގެ ދައުލަތުގެ މީޑިއާއިން ވެސް ވަނީ ހަމާ އެއާޕޯޓް ކައިރިން ގޮވުމުގެ ހާދިސާއެއް ހިނގިކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އިތުރު ތަފްސީލެއް ނުދެއެވެ.

އިޒްރާއިލުން ދެމުންގެންދާ މިސައިލް ހަމަލާއާ ގުޅިގެން ސީރިއާ އިން ދަނީ އިތުރަށް ހުޝިޔާރުވުމުގެ ގޮތުން ފިޔަވަޅުތައް އަޅަމުންނެވެ. އިޒްރާއިލުން ބުނަމުން ދަނީ ސީރިއާއަށް ދޭ ހަމަލާތައް އަމާޒު ކުރަމުން ގެންދަނީ 'އީރާނުން' ބޭނުން ކުރަމުންދާ މިލިޓަރީ ބޭސްތަކަށެވެ.

- ކޮމެންޓް