ކ. މާލެ
|
19 މެއި 2018 | ހޮނިހިރު 11:41
ރޭސް 3 ގެ ޕޯސްޓަރެއް
ރޭސް 3 ގެ ޕޯސްޓަރެއް
ޓްވިޓަރ
ރޯދަ ކުރުކުރުން
ރޭސް 3 ގެނެސްދެނީ 3ޑީ ކޮށް
މި ފިލްމު ޑައިރެކްޓް ކުރަނީ ރެމޯ ޑިސޫޒާ
މި ފިލްމުގެ ފުރަތަމަ ބައި ރިލީޒްކޮށްފައި ވަނީ 2008 ވަނަ އަހަރު

ޖޫން މަހުގެ 15 ގައި ރިލީޒް ކުރާ ރޭސް3 ރިލީޒްކުރާނީ 3ޑީ ކޮށް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑައިރެކްޓަރ ރޭމޯ ޑިސޫޒާއާއި ހަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި ރޭސް3 ރިލީޒްކުރަން ހަމަޖެހިފައިވަނީ 3ޑީ ކޮންނާއި އަދި 2 ޑީ ކޮށެވެ.

ފިލްމުގެ ޝޮޓްތައް ނަގާފައިވަނީ އަބޫދާބީގެ އިތުރުން އިންޑިއާގެ މުމްބާއިގަ އާއި ތައިލެންޑުގެ ބެންގްކޮކްގައެވެ.

ބޮބީ ޑިއޯލް އާއި ޖެކްލިން ފެނާންޑޭޒް އާއި ޑެއިޒީ ޝާހު، ސާޒިބް ސަލީމް އަދި އަނިލް ކަޕޫރާއެކު ސަލްމާން މި ފިލްމުން ފެނިގެންދާއިރު މި ފިލްމުގައި ސަލްމާން ވަނީ އޭނާ އަމިއްލައަށް ލަވައެއް ލިޔެފައެވެ. އެ ލަވަޔަކީ ލޯބީގެ ލަވައެކެވެ. އެ ލަވައިގެ މިއުޒިކް ހަދާފައި ވަނީ ވިޝާލް މިޝްރާއެވެ.

މި ފިލްމުގެ ފުރަތަމަ ބައި ރިލީޒްކޮށްފައި ވަނީ 2008 ވަނަ އަހަރުއެވެ. "ރޭސް 2" ރިލީޒްކޮށްފައި ވަނީ 2013 ގައެވެ. މި ދެ ފިލްމްގައި ވެސް ސައިފް އަލީ ޚާން ލީޑް ރޯލުން ފެނިގެންދިޔަ އިރު މި ފަހަރުގެ ފިލްމުން އޭނާ ފެނިގެން ނުދާނެއެވެ.

- ކޮމެންޓް