ކ. މާލެ
|
19 މެއި 2018 | ހޮނިހިރު 00:40
ޑރ.މަޖީދު:- އެމަނިކުފާނުގެ ހާލުކޮޅު ކުއްލި ގޮތަކަށް ސީރިއަސްވެ އައިސީޔޫގައި ގެންދަނީ ފަރުވާ ދެމުން
ޑރ.މަޖީދު:- އެމަނިކުފާނުގެ ހާލުކޮޅު ކުއްލި ގޮތަކަށް ސީރިއަސްވެ އައިސީޔޫގައި ގެންދަނީ ފަރުވާ ދެމުން
ރާއްޖެއެމްވީ
ޑރ.އަބްދުލް މަޖީދު
ޑރ. މަޖީދުގެ ސިއްހީ ހާލުކޮޅު ކުއްލި ގޮތަކަށް ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދެނީ
ޑރ.މަޖީދު ހޮސްޕިޓަލަށް ގެންދެވުނީ ކޮޓަރީގައި ވެއްޓިފައި އޮއްވާ
އޮޕަރޭޝަނެއް ކުރުމަށް ތައްޔާރުވަމުންދާ ކަމަށް މައުލޫމާތު ލިބޭ

ކުރީގެ އިސްލާމިކް މިނިސްޓަރު އަބްދުލް މަޖީދު އަބްދުލް ބާރީގެ ސިއްހީ ހާލުކޮޅު ކުއްލި ގޮތަކަށް ގޯސްވެ، ސްރީލަންކާގެ ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ޑރ. މަޖީދުގެ ހާލުކޮޅު ގޯސްވީ ލަންކާގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށެވެ. އަދި ހޮސްޕިޓަލަށް ގެންދެވުނީ ކޮޓަރީގައި ވެއްޓިފައި އޮއްވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. އަދި ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު އޮޕަރޭޝަނަކަށް ތައްޔާރުވަމުންދާ ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.  

ޑރ. މަޖީދުގެ ސިއްހީ ހާލުކޮޅު ސީރިއަސްވުމާއެކު އާއިލާގެ ބައެއް ބޭފުޅުންވެސް ވަނީ ލަންކާއަށް މިރޭގެ ވަގުތެއްގައި ވަޑައިގެން ފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
18 މެއި 2018 | ހުކުރު 20:00
މަނަވަރު
ނަސީބެއްތާ ރާއްޖޭގަ ނެތްކަން، ޔަގީނޭ އެހެން ނޫންނަމަ މަޖީދު ހޮސްޕިޓަލަކަށް ވަނަވެސް ނުދޭނެ ޕޮލިހުންލައްވަ، މިސަރުކާރަކީ މީހުންގެ ސިއްހީފަރުވާ ދަތިކުރުމުގައި ހައްދުން ނެއްޓިފައިވާ ސަރުކާރެއް، މަރުހިއްޕެވުމަކީ އެއްވެސް އިންސާނަކަށް ކުޅަދާނަ ކަމެއް ނޫންކަން މިމީހުނަށް ހަމަ ނުވިސްނެނީބާއޭ ހިތަށް އަރަ