ކ. މާލެ
|
18 މެއި 2018 | ހުކުރު 22:57
އޭޑީކޭ ހޮސްޕިޓަލް - އެ ހިސްޕިޓަލުން ވަނީ ހުން ކްލިނިކެއް ގާއިމުކޮށްފައި
އޭޑީކޭ ހޮސްޕިޓަލް - އެ ހިސްޕިޓަލުން ވަނީ ހުން ކްލިނިކެއް ގާއިމުކޮށްފައި
ޓްވިޓަރ
އޭޑީކޭ ހޮސްޕިޓަލް
ހުން އައިސްގެން ޑޮކްޓަރައް ދައްކާ މީހުން ގިނަވާތީވެ، އޭޑީކޭ އިން ހުން ކްލިނިކެއް ހުޅުވައިފި
ކޮންމެ ދުވަހަކު މެންދުރުފަހު 02:00 އިން މެންދަމު 12:00 އަށް ހުން ކްލިނިކް ހުޅުވަފައި ހުންނާނެ

ހުން އައިސްގެން ޑޮކްޓަރަށް ދައްކާ މީހުން އިތުރުވަމުންދާތީވެ، އޭޑީކޭ ހޮސްޕިޓަލްއިން "ހުން ކްލިނިކެއް" ހުޅުވައިފި އެވެ. 

އޭޑީކޭ ހޮސްޕިޓަލްއިން ބުނީ ކޮންމެ ދުވަހަކު މެންދުރުފަހު 02:00 އިން މެންދަމު 12:00 އަށް ހުން ކްލިނިކް ހުޅުވާފައި ހުންނާނެ ކަމަށެވެ. އަދި ހޮސްޕިޓަލްގެ ލޮބީ ތެރޭގައި ޤާއިމްކޮށްފައިވާ ކްލިނިކަށް ވަޑައިގަތުމުުން ވަގުތުން ހިދުމަތް ލިބޭނެކަމަށްވެސް އެ ހޮސްޕިޓަލުން ބުނެ އެވެ. 

އޭޑީކޭ އިން ބުނީގޮތުގައި "ހުން ކްލިނިކެއް" ހުޅުވީ، ހުން އައިސްގެން ޑޮކްޓަރައް ދައްކާ މީހުންގެ އަދަދު އިތުރުވަމުން ދިއުމާއި ގުޅިގެން ކަމަށެވެ. އަދި އެ ކްލިނިކް ހުޅުވީ އަވަސް ހިދުމަތެއް ދިނުމުގެ ގޮތުންކަމަށްވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.

އޭޑީކޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 15 ވަނަ ދުވަހު އެކަނިވެސް ހުން އައިސްގެން 115 މީހަކު ޑޮކްޓަރައް ދައްކާފައިވާއިރު، މި މަހުގެ 16 ވަނަ ދުވަހު 98 މީހަކު ވަނީ ޑޮކްޓަރައް ދައްކައި ފަރުވާ ހޯދާފަ އެވެ.

މި ދުވަސްވަރަކީ އާންމުކޮށްވެސް ރާއްޖޭގައި "ހުން" އިތުރުވާ ދުވަސްވަރެކެވެ. އޭގެއިތުރުން ޑެންގީ ހުން ފެތުރެމުންދާތީ އެ ބައްޔާއިމެދު ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީންވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ. އެޗްޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި އެ އޭޖެންސީއިން ބުނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. 

ކޮންމެ އަހަރަކުވެސް މޭ މަހާއި އޯގަސްޓް މަހާއި ދެމެދު ރާއްޖޭގައި ޑެންގީ ފެތުރޭ މިންވަރު އިތުރުވެގެންދާއިރު، މި އަހަރުވެސް އެ މުއްދަތުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ބަލި ފެތުރޭ މިންވަރު އިތުރުވެގެންދާނެ ކަމަށް އެޗްޕީއޭއިން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން އެހެން އަހަރުތަކެކޭވެސް އެއްގޮތަށް، ޑެންގީ ހުމުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް