ކ. މާލެ
|
18 މެއި 2018 | ހުކުރު 23:33
ޓެސްލާ ކުންފުނީގެ ސީއީއޯ އެލޮން މަސްކް
ޓެސްލާ ކުންފުނީގެ ސީއީއޯ އެލޮން މަސްކް
އޭއެފްޕީ
ކާރު އުފެއްދުން
ޓެސްލާއަށް 10 ބިލިއަން ޑޮލަރު ބޭނުންވޭ: ގޯލްޑްމޭން
ކުރިއަށް އޮތް ދެ އަހަރުގައި 10 ބިލިއަން ބޭނުންވާނެ
ފައިސާ ހޯދަން މައިގަނޑު ތިން ގޮތެއް ބޭންކުން ވަނީ ކިޔައިދީފައި
މަސްކް ދަނީ ޚަރަދު ކުޑަ ކުރުމުގެ މަސައްކަތް ކުރަމުން

މަޝްހޫރު އިލެކްޓްރޯނިކް ކާރު އުފައްދާ ކުންފުންޏެއް ކަމަށްވާ ޓެސްލާ 2020ވަނަ އަހަރާއި ހަމައަށް ވުޖޫދުގައި އޮތުމަށްޓަކައި 10 ބިލިއަން ޑޮލަރު ބޭނުން ވާނެ ކަމަށް އެމެރިކާގެ ބައިނަލްއަގްވާމީ އިންވެސްޓްމެންޓް ބޭންކް އަދި ފިނޭންސް ޚިދުމަތް ދޭ ކުންފުނި ގޯލްޑްމޭން ސެކްސް އިން ބުނެފިއެވެ.

ކުރިއަށް އޮތް ދެ އަހަރުގައި އެ އަދަދަށްވާ ފައިސާ ޓެސްލާ ބޭނުން ވާނީ ޗައިނާގައި އެކުންފުނީގެ ބައެއް ހުޅުވަން ނިންމައިފައި ވާތީ އާއި ކާރުތައް އުފެއްދުމަށް ދާ ޚަރަދުތައް ފޫބެއްދުމަށް ކަމަށް ގޯލްޑްމޭންއިން ނެރުނު ބަޔާނުގައިވެއެވެ.

ކުރިއަށް އޮތް ދެއަހަރަށް ބޭނުންވާ ކަންކަމަށް ފައިސާ ހޯދަން މައިގަނޑު ތިން ގޮތެއް ބޭންކުން ވަނީ ކިޔައިދީފައެވެ. ބޭންކުން ބުނެފައިވަނީ ޓެސްލާއިން ބޮންޑު ވިއްކައިގެން ފައިސާ ލިބޭނެ ކަމަށާއި ނޫނީ ކޮންވާޓަބަލް ނޯޓްސް ގޮތުގައި ފައިސާ ނެގޭނެކަމަށާއި ހަމައެހެންމެ ކުންފުނީގެ ހިއްސާ ވިއްކައިގެންވެސް ފައިސާ ހޯދޭނެކަމަށެވެ. މިއިން ކޮންމެ ކަމެއް އިޚްތިޔާރު ކުރިއަސް އިޚްތިޔާރު ކުރި ކަމަކަށް ބަލާފަ ކުންފުންޔަށް ދިމާވާނެ ދަތިތައް ހުންނާނެ ކަމަށްވެސް ބޭނުންކުން ވަނީ ބުނެފައެވެ.

ގޯލްޑްމޭންގެ އެނަލިސްޓެއް ކަމަށްވާ ޑޭވިޑް ވިދާޅުވީ ޓެސްލާގެ މިހާރު ހުރި ދަރަނިތަކުގެ މައްޗައް ބޮޑު ދަރަންޏެއް ނެގުމަށްފަހުގައި ކުރީގެ ދަރަނިތައް އަދާކުރުމަށްފަހު ޓެސްލާ ވަރުގަދަކުރެވޭނެ ގޮތް ހެދުމަށް ކުރެވިދާނެ ބައިވަރު ކަންކަން ހުރިކަމަށެވެ. ނަމަވެސް ނަގާ ބޮޑު ދަރަނީގެ ސަބަބުން ކުންފުނީގެ ހިއްސާ ދާރުންނަށް ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ޑޭވިޑް ވިދާޅުވިއެވެ.

ޓެސްލާގެ ސީއީއޯ އެލޮން މަސްކް ދަނީ ޚަރަދު ކުޑަ ކުރުމުގެ މަސައްކަތްތައް ކުރައްވަމުންނެވެ. އެކަން ކުރަން ފައްޓާފައި ވަނީ މޮޑެލް 3 އުފެއަދުމަށް ދިމާވި ދަތިތަކާއި ވިދިގެންނެވެ. މަސްކް މިއަހަރު ކުންފުނީގެ ކެޕިޓަލް ބޮޑު ނުކުރުމަށްވެސް ގަސްތު ކުރައްވައިފައެވެ.

މިދިޔަ އަހަރު އެކަނިވެސް ޓެސްލާއަށް ވަނީ 2 ބިލިއަން ޑޮލަރު ގެއްލުމާއި ކުރިމަތި ލާން ޖެހިފައެވެ. 

- ކޮމެންޓް