ކ. މާލެ
|
18 މެއި 2018 | ހުކުރު 19:40
ސައުދި ޕްރެސް އެޖެންސީ އިން އާންމު ކުރި ސަލްމާން ގެ ފޮޓޯ، ސަލްމާން (ކ) ތިންވަނަ އަށް
ސައުދި ޕްރެސް އެޖެންސީ އިން އާންމު ކުރި ސަލްމާން ގެ ފޮޓޯ، ސަލްމާން (ކ) ތިންވަނަ އަށް
ޓްވިޓަރ
ސައުދީ އަރަބިއްޔާ
ސައުދީ ވަލީއަހުދު އަވަހާރަވެއްޖެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި!
އެހެންނަަމަވެސް ސައުދީ ޕްރެސް އެޖެންސީ އިން ވަނީ ސަލްމާން އަވާހާރަނުވާކަން ހާމަކުރުމަށް އެމަނިކުފާނުގެ ފޮޓޯ އެއް ހުކުރު ދުވަހު އާންމުކޮށްފައި

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި މިދިޔަ އޭޕްރީލް މަހު ބަޣާވާތެއް ގެންނަން އުޅުނު ކަަމަށާއި އެ ބަޣާވާތުގައި ސައުދީގެ ވަލީއަހުދު މުހަންމަދު ބިން ސަލްމާން ފަހަރުގައި އަވާހަރަވެފައިވާ ކަމަށް އިރާނާއި ރަޝިއާގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. 

މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ވަރުގަދަ ބަޑީގެ ހަމަލާތަކެއް ބަދަލުކޮށްފައިވަނީ ރިޔާދުގެ އަލްޚުޒާމާ އަވަށުގައި ކަމަށްވާއިރު އެއީ ރަސްގެފާނު ސަލްމާން އާއި ޝާހީ އާއިލާގެ އެހެން ބައެއް ބޭފުޅުންގެ ގަނޑުވަރުތައްވެސް ހުންނަ ސަރަހައްދެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން ވަަލީއަހުދު ސަލްމާން ގެ ގައިކޮޅަށް ވަނީ ދެ ވަޒަން އަރާފައެވެ. އަދި މިކަމުގެ ސަބަބުން އެމަނިކުފާނު އަވަހާރަވެފައިވާ ކަމަށާއި އެމަނިކުފާނު އާންމުންގެ ތެރެއިން ނުފެންނަނީ އެހެންވެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. 21 އޭޕްރީލް ގައި ހިނގި ހާދިސާ އާ ގުޅިގެން ސައުދީ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ގަނޑުވަރުތަކުގެ ސަލާމަތީ ފާރުތައް ފޫއަޅުވާލުމުގެ އެއްވެސް ކަމެއް ހިނގާފައި ނުވާކަމަށާއި ނަމަވެސް ޝާހީ ގަނޑުވަރުތައް ކައިރީގައި އުދުހެމުންދިޔަ ޑްރޯންއެއް ސަލާމަތީ ބާރުތަކުން ބަޑިޖަހައި ވައްޓާލާފައިވާ ކަމަށެވެ.

އިރާނުގެ ޕްރެސް ޓީވީ އިން ރިޕޯޓުކުރާ ގޮތުން 21 އޭޕްރީލް ގައި ހިނގައި ދިޔަ ހާދިސާ އަށްފަހު ވަލީއަހުދު ސަލްމާންގެ ފޮޓޯ އެއްވެސް އަދި ވީޑިއޯ އެއްވެސް ސައުުދީގެ ކަމާބެހޭ ފަރާތްތަކުން އާންމުކޮށްފައެއް ނުވެއެވެ. މީގެ އިތުރުން އޭޕްރީލް ފަހުކޮޅުގައި އެމެރިކާގެ އާ ސެކްރެޓަރީ އޮފް ސްޓޭޓް މަައިކް ޕޮމްޕެއޯ ސައުދީ އަށް ކުރެއްވި ދަތުރުފުޅުގައިވެސް ސަލްމާން ޓީވީ ކެމެރާތަކަށް ފެނިފައި ނުވާކަމަށް ޕްރެސް ޓީވީ އިން ބުނެއެވެ.  

ސަލްމާން އަވަހާރަވުމާ ބެހޭ ސުވާލުތަކެއް މީޑިއާގައި ކުރަމުންދާއިރު ސައުދީގެ ރަސްމީ މީޑިއާ ކަމަށްވާ ސައުދީ ޕްރެސް އެޖެންސީ އިން ވަނީ ވަލީއަހުދުގެ އާ ފޮޓޯ އެއް ހުކުރު ދުވަހު ޓްވީޓްކޮށް އެމަނިކުފާނު ހެޔޮހާލުގައި ދުނިޔޭގައި ހުންނެވިކަން ހާމަކޮށްފައެވެ. މި ފޮޓޯ ގައި ސަލްމާން ފެނިގެން ދަނީ މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް-ސީސީ އާއި އަބޫ ދާބީ އަދި ބަހްރައިންގެ ވެރިންނާއެކު ހުންނަވަނިކޮށެވެ. 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް