ކ. މާލެ
|
18 މެއި 2018 | ހުކުރު 14:29
އިސްލާމީ މަރުކަޒު..
އިސްލާމީ މަރުކަޒު..
ގޫގުލް
ހުކުރު ހުތުބާ
ނަރަކައިން މުއްތިކުރެއްވުމަށް އެދޭނަމަ ރަމަޟާން މަހުގެ ފަރުޟު ރޯދަތައް ހިފަންޖެހޭނެ: ހުކުރު ޚުތުބާ
ވަރުގަދަ އަޒްމަކާ ސާބިތުކަމާއެކު ﷲ އަށް ކިޔަމެންތެރިކަން އަދާކޮށް ފާހިޝް އަމަލު ތަކާއި މުންކަރާތަކުން ދުރުހެލިވާން ޖެހޭ
ރަމަޟާން މަހު ހިފާ ރޯދަތައް ގަބޫލު ކުރައްވާ އަޅުކަމަކަށް ވަނީ ފަރުޟު ފަސް ނަމާދު އަދާކޮށްގެން
ރަމަޟާން މަހުގައި ގުޅުންތައް ބަދަހިކޮށް ތިބާއާ ތިބާގެ އަހުންނާއި އުހްތުންނާއެކު ރިވެތި ގޮތުގައި މުއާމަލާތް ކުރަންޖެހޭ
ރަމަޟާން މަހު ދީލަތިކަން އިސްކުރަންޖެހޭ

ނަރަކައިން މުއްތިކުރެއްވުމަށް އެދޭނަމަ ބަރަކާތްތެރި ރަމަޟާން މަހުގެ ފަރުޟު ރޯދަތައް ހިފުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ. 

"ރަމަޟާން މަހަކީ ނަރަކައިން މުއްތިކުރެއްވުމުގެ މައްސަރު" މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނީ ނަރަކައިން މުއްތިކުރެވުމަށް އެދޭނަމަ މާތްﷲ އަށް އީމާންވެގެން ތިބެ، އަދި އެކަލާނގެ ވަޖްހަފުޅު އަދައިގެން ރަމަޟާން މަހުގެ ފަރުޟު ރޯދަތައް ހިފަންޖެހޭ ކަމަށެވެ. ވަރުގަދަ އަޒުމަކާ ސާބިތުކަމާއެކު ﷲ އަށް ކިޔަމެންތެރިކަން އަދާކޮށް ފާހިޝް އަމަލު ތަކާއި މުންކަރާތްތަކުން ދުރުހެލިވާން ޖެހޭ ކަމަށެވެ.

ފަރުޟު ފަސް ނަމާދަށް ޚާއްސަކޮށް ޖަމާއަތުގައި ކުރުމަށް ރައްކާތެރިވާން ޖެހޭކަން ފާހަގަކުރައްވާ ޚުތުބާގައި ބުނީ ރަމަޟާން މަހު ހިފާ ރޯދަތައް ގަބޫލު ކުރައްވާ އަޅުކަމަކަށް ވަނީ ފަރުޟު ފަސް ނަމާދު އަދާކޮށްގެން ކަމަށެވެ. އަދި ރަމަޟާން މަހުގައި ގުޅުންތައް ބަދަހިކޮށް ތިބާއާ ތިބާގެ އަހުންނާއި އުހްތުންނާއެކު ރިވެތި ގޮތުގައި މުއާމަލާތްކޮށް މުސްލިމު މުޖުތަމައުގެ އެއްބައިވަންތަކަން ގާއިމް ކުރުމަށް ތެދުވަން ޖެހޭ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

ރަސޫލާ ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގައި މާނައިވެއެވެ، " ޖަމާއަތުގައި ފުރަތަމަ ތަކްބީރު ލިބިގެން ﷲގެ ވަޖްހަފުޅަށްޓަކައި ސާޅިސް ދުވަހު ނަމާދު ކުރި މީހާއަށް ދެ ބަރާއަތް ލިޔުއްވާނެތެވެ. ނަރަކައިން މިންޖު ކުރެއްވުމާއި މުނާފިގުކަމުން މިންޖު ކޮށްދެއްވުމެވެ."

މީގެ އިތުރަށް ހުކުރު ޚުތުބާގައި ބުނީ ރަމަޟާން މަހު ދީލަތިކަން އިސްކުރަންޖެހޭ ކަމަށާއި، ރޯދަވެރިންނަށް ރޯދަ ވީއްލުންތަކުން ސަދަގާތް ކުރަންޖެހޭ ކަމަށެވެ. ރޯދަވެރިންނަށް ރޯދަވީއްލުން ދިނުމަކީ ތިމާއަށް އެރޯދަ ހިފިމީހާއަށް ލިބޭފަދަ އަޖުރު ލިބިގެންދާނެ ކަމެއް ކަމަށާއި، އެއީ ރޯދަ ވެރިޔާއަށް ލިބޭ އަޖުރު އުނިވުމެއްނެތި ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް