ކ. މާލެ
|
18 މެއި 2018 | ހުކުރު 12:33
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ
ރާއްޖެއެމްވީ
ރައީސް މައުމޫން ހައްޔަރުކުރުން
އުމުރު ދުވަހު ގައުމަށް ޚިދުމަތް ކުރެއްވި ބޭފުޅުން ހައްޔަރުކުރަން މިސަރުކާރުން ލަދު ގަންނަންޖެހޭ: ޑރ މަޖީދު
އިދިކޮޅު ލީޑަރުން ހިފާ ހައްޔަރުކުރަނީ ރައީސް ޔާމިންގެ ވެރިކަން ދިފާއު ކުރަން
ކުރާހާ ތުހުމަތުތަކަށް އިއުތިރާފްވާކަށް ނުޖެހޭނެ
ރައީސް މައުމޫން ދައްކަވާ ހިތްވަރުން ރައްޔިތުންނަށް ހިތްވަރުލިބޭ

ގައުމަށް އުމުރު ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުން ހައްޔަރުކޮށް ބަންދުކޮށްގެން އުޅެން މިސަރުކާރުން ލަދު ގަންނަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް އެފެއަރޒް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުހައްގުން ޖަލުގައި ހައްޔަރުކޮށްފައިވާތީ ކަންބޮޑުވުންފާޅު ކުރައްވާ ޑރ މަޖީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ލީޑަރުން ހިފާ ހައްޔަރުކުރަނީ ރައީސް ޔާމިންގެ ޣައިރު ގާނޫނީ ވެރިކަން ދިފާއު ކުރެއްވުމަށް ކަމަށެވެ. މިގޮތަށް ހިފާ ހައްޔަރުކޮށް ކުރާ ތުހުމަތުތަކަށް އިއުތިރާފްވާން ނުޖެހޭނެ ކަމަށާއި، އިއުތިރާފް ވުމަކީ ފިނޑި އަމަލެއް ކަމަށެވެ. އަދި ވިދާޅުވީ ނުކުރާ ކަމަކަށް ރައީސް މައުމޫން އިއުތިރާފް ނުވާނެ ކަމަށާއި، އިސްލާހީ މަސައްކަތުގައި ސާބިތުވެ ހުންނަވާނެ ކަމަށެވެ.

ރައީސް މައުމޫނަކީ ހިތްވަރު ގަދަ ބޭފުޅެއްކަން ފާހަގަކުރައްވާ ޑރ މަޖީދު ވިދާޅުވީ އެމަނިކުފާނު ދައްކަވާ ހިތްވަރުން ދިވެހި ރައްޔިތުންނަށް ހިތްވަރު ލިބޭ ކަމަށެވެ.

މީގެ އިތުރަށް ގުޅިފައިވާ ޕާޓީތަކުން ބުނީ ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ހުރިގޮތުން ގެއަށް ބަދަލުކޮށް ދިނުމަށް އާއިލާއާއި ވަކީލުން އެދުނު ނަމަވެސް އެކަމަށް އިޖާބަ ނުދީ މި ބަރަކާތްތެރި ރަމަޟާން މަހު ޖަލުގައި ބެހެއްޓުމަކީ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. 

ރައީސް މައުމޫން ބަންދުގައި ގެންގުޅުއްވުމަކީ އިންސާނިއްޔަތުގެ ނަޒަރަކުން ބެލިކަމުގައި ވިޔަސް އެކަށީގެންވާކަމެއް ނޫންކަމާއި ޑޮކްޓަރުންގެ އިރުޝާދުތަކާ އެއްގޮތަށް އެމަނިކުފާނަށް ބޭނުންފުޅުވާ އެހީތެރިކަން ފޯރުކޮށްދެވޭނީ އާއިލާއާ އެކުގައި ހުންނެވުމުން ކަމަށްވާތީ އެމަނިކުފާނުގެ ބަންދަށް ލުޔެއް ދެއްވައި ގޭ ބަންދަށް ވިޔަސް ބަދަލު ކޮށްދެއްވުމަށް އާއިލާއާ ވަކީލުންގެ ފަރާތުން ދައުލަތުގެ ކަމާބެހޭ އެކި އިދާރާތަކުގައި ދެންނެވި ނަމަވެސް އެކަމަށް އިޖާބަދީފައެއްނުއެވެ.

ރައީސް މައުމޫން ޖަލަށް ލާފައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ހެދިފައި ހުރި އެންމެހާއި ޤާނޫނުތަކާ ޚިލާފަށް ކަމަށާއި އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ ޒާތީ ހަސަދައިގައި ކަމަށް ވެސް ޕާޓީތަކުން ބުނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް