ކ. މާލެ
|
18 މެއި 2018 | ހުކުރު 20:07
ރާއްޖެއަށް މީގެ ކުރިން ކޮށްފައިވާ ވިއްސާރައެއްގައި ރަށެއްގެ މަގުމީގައި ފެންބޮޑުވެފައި
ރާއްޖެއަށް މީގެ ކުރިން ކޮށްފައިވާ ވިއްސާރައެއްގައި ރަށެއްގެ މަގުމީގައި ފެންބޮޑުވެފައި
ރާއްޖެއެމްވީ
މެޓް އޮފީސް
ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެ: މެޓް އޮފީސް
މިރޭ 08:00 އިން މާދަމާ ރޭ 08:00 އަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ބުނޭ

ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ބުރާސްފަތިދުވަހުގެރޭ  8:00 އިން ހުކުރުދުވަހުގެ ރޭ 8:00 އަށް މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާ ކުރެވޭކަމަށެވެ.

ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން އަދި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާދެމެދުގެ ބާރުމިނުގައި ކަމަށާއި އެހެން ހިސާބުތަކުގައި ގަޑިއަކު 5 މޭލާ 15 މޭލާދެމެދުގެ ބާރުމިނުގައި ކަމުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުންވެސް އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބ އަތޮޅު އޭދަފުއްޓަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވަނީ ފެންބޮޑުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް