ކ. މާލެ
|
18 މެއި 2018 | ހުކުރު 01:21
އަލްމުބީން ގުރުއާން މުބާރާތުގެ ބައިވެރިންނާއިއެކު ނައިބުރައީސް އަބްދުﷲ ޖިހާދު އަދި މުބާރާތް އިންތިޒާމުކުރައްވާފައިވާ ބޭފުޅުންނާއި އެކު
އަލްމުބީން ގުރުއާން މުބާރާތުގެ ބައިވެރިންނާއިއެކު ނައިބުރައީސް އަބްދުﷲ ޖިހާދު އަދި މުބާރާތް އިންތިޒާމުކުރައްވާފައިވާ ބޭފުޅުންނާއި އެކު
ރައީސް އޮފީސް
ގުރުއާން މުބާރާތް
ބައިނަލްއަގުވާމީ ގުރުއާން މުބާރާތުގެ އެއްވަނަ ކުވެއިތުގެ ހައްޔާތަށް
މި ގުރުއާން މުބާރާތް ބާއްވާފައިވަނީ މިމަހުގެ 13 އިން 17 އަށް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބައިނަލްއަގުވާމީ ގުރުއާން މުބާރާތުގެ އެއްވަނައަށް ކުވެއިތުގެ އަބްދުﷲ ހައްޔާތު ހޯދައިފިއެވެ.

އިސްލާމިކް މިނިސްޓްރީ އާއި ކީރިތި ގުރުއާނާ ބެހޭ މަރުކަޒާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ އަބްދުލް ގައްޔޫމްގެ ދައުވަތަކަށް އައްނޫރުލް މުބީން ނަމުގައި ބޭއްވި މި ގުރުއާން މުބާރާތް ބާއްވާފައިވަނީ މިމަހުގެ 13 ން 17 އަށެވެ.

މި މުބާރާތުގެ ނަތީޖާ ފާޅު ކުރުން ބުރާސްފަތި ދުވަހުގެރޭ އިސްލާމީ މަރުކަޒުގައި ބާއްވާފައި ވާއިރު އެއްވަނައަށްދިޔަ އަބްދުﷲ ހައްޔާތަށް އިނާމާއި ހަނދާނީ ފިލާ ދެއްވީ ރައީސް ޔާމީނެވެ. އެއްވަނައަށް ދިޔަ ފަރާތައް އިނާމުގެ ގޮތުގައި ވަނީ 30،000 ޑޮލަރު ލިބިފައެވެ.

ދެ ވަނައަށް ދިޔަ ތުރުކީން ބައިވެރިވި ހާމިތު އަވްސަރަށް ލިބުނީ 15،000 ޑޮލަރެވެ. އަދި ތިން ވަނައަށް ރާއްޖެއިން ބައިވެރިވި އަޝްރަގު ނާޒިރަށް ލިބިފައިވަނީ 5000 ޑޮލަރެވެ.

މި މުބާރާތުގައި ނުވަ ގައުމަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އިތުރުން  ބަންގްލަދޭޝް، ޕާކިސްތާން، ސައުދީ އަރަބިއްޔާ، ތުރުކީ، މިސްރު، މެލޭޝިޔާއާ ކުވައިތުގެ އިތުރުން ސޫދާން އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް