ކ. މާލެ
|
17 މެއި 2018 | ބުރާސްފަތި 18:44
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ދަ ވަޔަރ އިންޑިއާ
ފަނޑިޔާރުންގެ ޝަރީއަތް
ފަނޑިޔާރުންގެ ހުކުމް އިސްތިއުނާފްކުރުމުން ރައީސް ޔާމީންގެ އުއްމީދަށް ހުރަސް އެޅޭނެ: ރައީސް ނަޝީދު
ސުޕްރީމް ކޯޓަށް އައު ފަނޑިޔާރުން ނުލެވޭނަމަ 1 ފެބްރުއަރީގެ ހުކުމުގައި މާބޮޑަށްވެސް ދިރުން އޮންނާނެ
ހުކުމްތައް އަންގާރަ ދުވަހު ވަނީ އިސްތިއުނާފްކޮށްފައި
އަބްދުﷲ ސަޢީދާއި އަލީ ހަމީދުގެ ފަނޑިޔާރުކަން ގެއްލޭނީ ހުކުމްތަކަށް ސުޕްރީމް ކޯޓުން ތާޢީދުކުރުމުން

އުއްތަމަފަނޑިޔާރު އަބްދުﷲ ސަޢީދާއި ފަނޑިޔާރު އަލީ ހަމީދާއި ދެބޭފުޅުންގެ މައްޗަށް އިއްވާފައިވާ ޣައިރު ޤާނޫނީ ހުކުމްތައް އިސްތިއުނާފްކުރެއްވުމުން ރައީސް އަބްދުﷲ ޔާމީންގެ އުއްމީދަށް ވަރަށް ބޮޑަށް ހުރަސް އެޅޭނެކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮޅުނބުގައި ހުންނަވައިގެން މިހާރުވެސް ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓަށް އައު ފަނޑިޔާރުން ނުލެވޭނަމަ 1 ފެބްރުއަރީގެ ހުކުމުގައި މާބޮޑަށްވެސް ދިރުން އޮންނާނެކަމަށެވެ. 

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އިއްވާފައިވާ ހުކުމްތައް އަންގާރަ ދުވަހު ވަނީ އިސްތިއުނާފްކޮށްފައެވެ. 

އިސްތިއުނާފުކޮށްފައިވާ އެއް ހުކުމަކީ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ކުށް ސާބިތުވާ ކަމަށް ބުނެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އިއްވާފައިވާ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެވެ. އެ ހުކުމް ކްރިމިނަލް ކޯޓުން ކޮށްފައިވަނީ މި މަހުގެ 10 ވަނަ ދުވަހެ އެވެ.  

ދެން އިސްތިއުނާފަށް ހުށަހަޅާފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު 4 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމެވެ. އެ ހުކުމް އެމަނިކުފާނުގެ މައްޗަށް އައީ ދައުލަތުން އުފުލި ދައުލަތް ހިންގަން ހުރަސްއެޅުމުގެ ދައުވާ ސާބިތުވުމުންނެވެ.

ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުށެއް ސާބިތުވާކަމަށް ކަނޑައަޅައި ކުރާ ހުކުމަކަށް ސުޕްރީމް ކޯޓުން ނިހާއީ ހުކުމެއް ކުރާ ހިސާބުން ފެށިގެން ފަނޑިޔާރުންގެ މަޤާމު ގެއްލޭނެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ހުކުމް އިއްވާފައިވަނީ ކްރިމިނަލް ކޯޓުންކަމުން، އެބޭފުޅުން ވަނީ މިމައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައެވެ. އަދި އެހުކުމަށް ހައިކޯޓުން ތާޢީދުކޮށްފިނަމަ، ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި 3 ފަނޑިޔާރުންގެ އަރިހަށް އިސްތިއުނާފަށް ފޮނުވޭނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް