ކ. މާލެ
|
17 މެއި 2018 | ބުރާސްފަތި 18:42
އޭދަފުށީގެ މަގެއްގައި ފެންބޮޑުވެފައި
އޭދަފުށީގެ މަގެއްގައި ފެންބޮޑުވެފައި
އޭދަފުށި ޓައިމްސް
އޭދަފުށި
އޭދަފުށިގައި ފެންބޮޑުވުމުން ފުލުހުން އެހީތެރިވެދީފި
ފެންވަންނަ ގޭގޭގައި ފުލުހުން ވަނީ ވެލިބަސްތާ ޖަހައިދީފައި
ފެން ހިއްކުމުގައިވެސް އެހީތެރިވި

ބ އަތޮޅު އޭދަފުއްޓަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޯދުވުމާއި ގުޅިގެން ފުލުހުން އެހީތެރިވެދީފައެވެ.

ފުލުހުން ބުނީ ބ އަތޮޅު އޭދަފުއްޓަށް ބޯކޮށް ވާރޭވެހި ރަށުތެރޭ އެކިސަރަހައްދުގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަންނަ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

ފުލުހުން ބުނީ ފެން ވަންނަ ގެތައް ކައިރީގައި ވެލިބަސްތާ ޖެހުމާއި ފެން ހިއްކުމުގެ މަސައްކަތް ކައުންސިލާއި ގުޅިގެން ފުލުހުން ކުރަމުންދާ ކަމަށެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލް ހޯދުމަށް ކައުންސިލަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ މައުލޫމާތު ލިބިފައެއް ނުވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު މިއަދު ހެދުނު 10:00 އިން ފެށިގެން މާދަމާ ހެދުނު 10:00 އަށް ހއ. އިން ލ. އަތޮޅާ ދޭތެރޭގެ އެކި ހިސާބަށް ގުގުރުމާއި އެކު ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެން ވާކަމަށާއި، އެހެން ސަރަހައްދުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް