ކ. މާލެ
|
17 މެއި 2018 | ބުރާސްފަތި 14:58
ދޫނިދޫގައި ހައްޔަރުކޮށްފައިވާ ރައީސް މައުމޫން ކޯޓަށް ހާޒިރުކުރުމަށް މާލެ ގެންނަނީ
ދޫނިދޫގައި ހައްޔަރުކޮށްފައިވާ ރައީސް މައުމޫން ކޯޓަށް ހާޒިރުކުރުމަށް މާލެ ގެންނަނީ
މުހައްމަދު ޝަރުހާން
ކުރީގެ ރައީސް މައުމޫން
ރައީސް މައުމޫން ގޭބަންދަށް ބަދަލުކުރުމަށް ޕާޓީތަކުން ގޮވާލައިފި
އިންސާނިއްޔަތުގެ ނަޒަރަކުން ބެލިކަމުގައިވިޔަސް އެ މަނިކުފާނު ބަންދުކޮށްފައި ބެހެެއްޓުމަކީ އެކަށީގެންވާ ކަމެއް ނޫން
ޓެރަރިޒަމްގެ ދައުވާ އުފުލީ ޒާތީ ހަސަދައިގައި
ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް ޢަމަލުކުރެވެމުން ނުދާ

ރަމަޟާން މަހުގެ އަޅުކަން އަދާކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޭ ބަންދަން ބަދަލުކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލައިފި އެވެ.

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ދެ ވަނަ ޖުމްހޫރިއްޔާގެ ދެ ވަނަ ރައީސް މައުމޫން ޖަލަށް ލާފައި ހުންނަވާތާ 100 ދުވަސް ހަމަވުމާ ގުޅިގެން ގުޅިފައިވާ ޕާޓީތަކުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ރައީސް މައުމޫންގެ ސިއްޙީ ޙާލުކޮޅު ހުރިގޮތުން ގެއަށް ބަދަލުކޮށް ދިނުމަށް އާއިލާއާއި ވަކީލުން އެދުނު ނަމަވެސް އެކަމަށް އިޖާބައެެއް ނުދީ މި ބަރަކާތްތެރި ރަމަޟާން މަހު ޖަލުގައި ބެހެެއްޓުމަކީ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.

ފާއިތުވި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރައީސް މައުމޫންގެ ސިއްޙީ ހާލުކޮޅު އިންތިހާއަށް ގޯސްވެ، ތަކުރާރުކޮށް ފަރުވާ ދޭންޖެހިފައިވާއިރު އަދި ބަންދުގައި ހުންނަ މަރުކަޒުގައި އެމަނިކުފާނަށް އެކަށީގެންވާ ގޮތެއްގައި ފަރުވާ ދެވެމުން ނުދާއިރު، އަދި އެމަނިކުފާނުގެ ސިއްޙީ ޙާލުކޮޅު ހުރިގޮތުން އަބަދުމެ އަރިހުގައި ބޭފުޅަކު ހުންނެވުމަށް ތަކުރާރުކޮށް ޑޮކްޓަރުން ލަފާދެއްވާފައިވާއިރު ބަޔާނުގައި ބުނެފައިވަނީ ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް ޢަމަލުކުރެވެމުން ނުދާ ކަމަށެވެ.  

އެމަނިކުފާނު ބަންދުގައި ގެންގުޅުއްވުމަކީ އިންސާނިއްޔަތުގެ ނަޒަރަކުން ބެލިކަމުގައިވިޔަސް އެކަށީގެންވާކަމެއް ނޫންކަމާއި ޑޮކްޓަރުންގެ އިރުޝާދުތަކާ އެއްގޮތަށް އެމަނިކުފާނަށް ބޭނުންފުޅުވާ އެހީތެރިކަން ފޯރުކޮށްދެވޭނީ ޢާއިލާއާ އެކުގައި ހުންނެވުމުން ކަމަށްވާތީ އެމަނިކުފާނުގެ ބަންދަށް ލުޔެއް ދެއްވައި ގޭ ބަންދަށް ވިޔަސް ބަދަލު ކޮށްދެއްވުމަށް އެމަނިކުފާނުގެ ޢާއިލާއާ ވަކީލުންގެ ފަރާތުން ދައުލަތުގެ ކަމާބެހޭ އެކި އިދާރާތަކުގައި ދަންނަވަމުން ގެންދަވާ ދެންނެވުންތަކަށް އެއްވެސް އިޖާބައެއް ނުދޭ ކަމަށް ވެސް ބަޔާނުގައި ބުނެއެވެ.

"ރައީސް މައުމޫން ޣައިރުގާނޫނީ ގޮތުން ބަންދުކުރައްވާފައިވީ ނަމަވެސް، އެމަނިކުފާނު ކުރައްވަމުންގެންދަވާ އިސްލާހީ މަސައްކަތަށް ވެސް، އަދި އެމަނިކުފާނުގެ ޢަޒުމަކަށް ވެސް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، ދިވެހި ރައްޔިތުންނަށް ޤާނޫނުއަސާސީއާ ޤާނޫނުތަކުން ލިބިދޭ އެންމެހާ ޙައްޤުތައް ހަމަހަމަކަމާއެކު ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ އިސްލާހީ މަސައްކަތް ވަރުގަދަ ކުރައްވައި، އެމަސައްކަތުގައި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ދެއްވައެވެ." ބަޔާނުގައިވެ އެވެ،

ރައީސް މައުމޫން ޖަލަށް ލާފައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ހެދިފައި ހުރި އެންމެހާއި ޤާނޫނުތަކާ ޚިލާފަށް ކަމަށާއި އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ ޒާތީ ހަސަދައިގައި ކަމަށް ވެސް ޕާޓީތަކުން ބުނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
17 މެއި 2018 | ބުރާސްފަތި 10:54
ހަސަންބެ
My brother who is 55 and not well in jail. Why not he transfer to home for Ramazan. In addition Maumoon should know how many people die in his 30 years of cruel rule.