އިސްރާއީލުގައި ހުންނަ ގުއަޓަމާލާގެ އެމްބަސީ ގުދުސްއަށް ބަދަލުކޮށް އެ އެމްބަސީ ބުދަ ދުވަހު ހުޅުވައިފިއެވެ.
ގުއަޓަމާލާގެ އެމްބަސީ ގުދުސްއަށް ބަދަލުކުރިއިރު އެމެރިކާ އިން ވަނީ އިސްރާއީލުގައި ހުންނަ އެގައުމުގެ އެމްބަސީ ވެސް ގުދުސްއަށް ބަދަލުކޮށް ދާދި ފަހުން ހުޅުވާފައެވެ.
އިސްރާއީލުގައި ހުންނަ ގުއަޓަމާލާގެ އެމްބަސީ ގުދުސް އަށް ބަދަލުކޮށް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ގުއަޓަމާލާގެ ރައީސް ޖިމީ މޮރާލޭސް އެެވެ.
މިދިޔަ ޑިސެމްބަރު މަހު އެމެރިކާ އިން ވަނީ އިސްރާއީލުގައި ހުންނަ އެގައުމުގެ އެމްބަސީ ގުދުސްއަށް ބަދަލު ކުރަން ނިންމާފައެވެ. އަދި ގުުދުސް އަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ނިންމާފައެވެ. ގުއާޓަމާލާ ވެގެން ދިޔައީ އެމެރިކާ އަށް ފަހު އިސްރާއީލުގައި ހުންނަ އެގައުމުގެ އެމްބަސީ ގުދުސްއަށް ބަދަލުކުރި ފުރަތަމަ ގައުމުގެ އިތުރުން އިސްރާއީލުގެ ވެރިރަށަކީ ގުުދުސް ކަމަށް ގަބޫލު ކުރި ފުރަތަމަ ގައުމަށެވެ.
ގުދުސްގައި އޮތް ގުއަޓަމާލާ އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާއި ބޭރުގައުމުތަކުގެ ބައެއް އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.