ކ. މާލެ
|
17 މެއި 2018 | ބުރާސްފަތި 13:51
ހަނދު
ހަނދު
ގޫގުލް
ރޯދަ މަސް
"ބައެއް ޝޭޚުންގެ ފަތުވާ އަށް ބުރަވެ ފުރަތަމަ ދުވަހު ބައެއް މީހުން ރޯދަ އެއް ނުހިފި"
ރޯދަ މަސް ފެށުމުގައި ސަރުކާރުން އަމަލު ކުރި ގޮތާ މެދު ބޮޑެތި ފާޑު ކިޔުން ތަކެއް
ބައެއް ގައުމުތަކުގައި ހަނދު ބެލުމަކީ އެއް ގޮތަކަށްވެސް ގަބޫލު ކުރާ ކަމެއް ނޫން
ބައެއް ތަންތާނގައި ފަލަކީ ހިސާބަށް އެއް ގޮތަކަށްވެސް އިތުބާރު ނުކުރޭ

ރާއްޖޭގައި ރޯދަ މަހުގެ ހަނދުގެ މައްސަލައިގައި ފަލަކީ ހިސާބަށް ބުރަވެ 1439 ވަނަ އަހަރުގެ ރަމަޟާން މަސް ފެށޭ ދުވަސް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން، ގިނަ ބަޔަކު ކަންބޮޑު ވެފައިވާ ކަމަށް އައް ޝޭޚް ހުސެއިން ރަޝީދު އަހްމަދު ވިދާޅު ވެއްޖެއެވެ.

ޝޭޚް ހުސެއިން ހާމަ ކުރެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ގިނަ ބަޔަކު އޭނާ އަށް ފޯނުން ގުޅާ މިކަން ސަރުކާރުން ކުރީ ރަނގަޅަށްތޯ ސުވާލު ކޮށްފައިވާ ކަމަށެވެ.

ހުސެއިން ވިދާޅުވީ، ހަނދު ސާބިތު ކުރުމުގައި ސަރުކާރުން އަމަލު ކުރި ގޮތައް ބަލާ، ބައެއް ޝޭޚުންގެ ފަތުވާ އަށް ބުރަވެ ފުރަތަމަ ދުވަހު ބައެއް މީހުން ރޯދަ ނުހިފާ ކަމަށެވެ.

"ޚަބަރު ލިބިފައިވާ ގޮތުގައި މިއަދު ބައެއް ޝޭޚުންގެ ފަތުވާ އަށް ބުރަވެ ތިބެ ބައެއް މީހުން މިއަދު (ބުދަ ދުވަހު) ރޯދަ ވެސް ނުހިފައެވެ" ޝެއިޚް ހުސެއިންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ހުސެއިން ވިދާޅުވީ، އިލްމްވެރިންގެ ރައުޔަށް ބަލާއިރު ދުނިޔޭގެ ގިނަ އިލްމްވެރިންނާއި ގިނަ ފިގުހު އެކަޑަމީ ތަކުން ބުރަވެ ވަޑައިގަންނަވަނީ ފަލަކީ ގޮތުން ހަނދު ސާބިތު ކުރުމަށް ކަމުގައެވެ.

ރޯދަ މަސް ފެށުމުގައި ދިވެހި ސަރުކާރުން އަމަލު ކުރި ގޮތާ މެދު ދެކެވަޑައިގަންނަވާ ގޮތް ހާމަ ކުރެއްވުމަށް ނެރުއްވި ބަޔާނުގައި ޝޭޚް ހުސެއިން ވިދާޅުވީ، ބައެއް މުސްލިމް ގައުމުތަކުން ބުރަވަނީ އެ ބަޔަކަށް ހަނދު ފެނިގެން ރޯދަ މަސް ފެށުން ކަމުގައެވެ. އަނެއް ބަޔަކު ބުރަވަނީ އެއް ބަޔަކަށް ހަނދު ފެނުމުން އެންމެން ގަބޫލު ކުރުމެވެ.

ޝެއިޚް ހުސެއިން ވިދާޅުވީ ދުނިޔޭގެ ބައެއް ގައުމު ތަކުގައި ހަނދުބެލުމުގެ އިތުބާރު އެއް ގޮތަކަށް ވެސް ނުކުރާ ކަމަށެވެ. އަނެއް ކޮޅުން އަނެއް ބައި ގައުމު ތަކުގައި ފަލަކީ ހިސާބަށް އެއް ގޮތަކަށް ވެސް އިތުބާރު ނުކުރާ ކަމަށެވެ.

ޝެއިޚް ހުސެއިން ވިދާޅުވީ، ރޯދަ އާއި އީދު ނަމާދުގެ ވަގުތުގެ ކަންތައްތަކަކީ ތިމާ އަމިއްލަ ގޮތުން އެކަމަކަށް ބުރަ ނުވި ކަމުގައި ވިޔަސް، އެ ތަނެއްގައި އޮންނަ ސަރުކާރަކުން އެ ކަންކަމާ ގުޅޭ ގޮތުން ނިންމާ ނިންމުމަކަށް އަމަލު ކުރަން ޖެހޭނެ ކަންކަން ކަމުގައެވެ. އަދި ދުނިޔޭގެ ބޮޑެތި އިލްމްވެރިންގެ ފަތުވާ އަކީ ވެސް އެއީ ކަމުގައެވެ.

ޝެއިޚް ވިދާޅުވީ، މިކަން މިހެން އޮތުމާއެކު ދިވެހި ސަރުކާރުން ރޯދަ އާ ބެހޭ ގޮތުން ނިންމެވި ނިންމެވުމަށް ރާއްޖޭގައި ދިރިއުޅޭ ކޮންމެ މުސްލިމަކު އަދި ވަކިން ޚާއްސަކޮށް ރާއްޖޭގައި ތިބި ހުރިހާ ދިވެހިން އަމަލު ކުރުމަކީ ލާޒިމް ކަމެއް ކަމުގައި އޭނާ ދެކެވަޑައިގަންނަވާ ކަމަށެވެ.

1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ދިވެހި ސަރުކާރުން ކަނޑައެޅީ މެއި މަހުގެ 16 ވީ ބުދަ ދުވަސް ކަމުގައެވެ. އެހެން ނަމަވެސް، ދުނިޔޭގެ އެހެން މުސްލިމް ހުރިހާ ގައުމެއްގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ދިރިއުޅޭ މުސްލިމުން ރޯދަ ހިފަން މި އަހަރު ފެށީ މެއި 17 ވީ ބުރާސްފަތި ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
17 މެއި 2018 | ބުރާސްފަތި 11:49
ހަހަހަ
އަހަރެމެން ރޯދަ ހިފީ އިސްލާމިކް ސްޓޭޓްސްއިން ކަނޑައެޅި ދުވަހުން، އައިއެސްގެ ހުރިހާ މުސްލިމުންވެސް ދުނިޔެގެ ކޮންމެ ތަނެއްގައި ތިއްބަސް ރޯދަ ހިފާނީވެސް އީދު ކުރާނީވެސް އެއް ދުވަހެއްގައި. ވަރަށް ވާހަކަމީ
17 މެއި 2018 | ބުރާސްފަތި 09:29
ޖަމަލު
ބައްލަވާ ހުރިހާ ގައުމެއްނޫން....
17 މެއި 2018 | ބުރާސްފަތި 09:03
ސައްޕޭ
ތިވާހަކަ ދައްކަނީ މިޒަމާނު ލައިވްކޮށް އިރުއޮސޭމަންޒަރު ހަނދު އޮއްސޭމަންޒަރު ފެންނަން ހުރިއިރު ސުވާލު އުފެދޭނެ ތަނެއްނެތޭ! ބަލަގަ ޓެކްނޮލޮޖީ އަކީވެސް ﷲ އިންސާނުންނަށް އުގަންނަވާދިން ެއެއްޗެޭ އެއަަް ތަބާވާކަށް ނުޖެހޭ،ތަ.