ކ. މާލެ
|
17 މެއި 2018 | ބުރާސްފަތި 11:57
ބ އަތޮޅަށް ދާ ޓީމު ފުރުމުގެ ކުރިން
ބ އަތޮޅަށް ދާ ޓީމު ފުރުމުގެ ކުރިން
މުހައްމަދު ޝަރުހާން
ރައީސް ނަޝީދުގެ ކެމްޕެއިން
ރައީސް ނަޝީދުގެ ކެމްޕޭން ޓީމެއް ބ އަތޮޅަށް ފުރައިފި
ބ އަތޮޅުގެ 14 ރަށެއްގައި ކެމްޕެއިން ހަރަކާތް ހިންގާނެ
ބޮޑު ޖަލްސާ އޮންނާނީ ހުކުރު ދުވަހުގެރޭ ތުޅާދޫގައި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޕެއިން ޓީމެއް ބ އަތޮޅަށް ފުރައިފިއެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު އިސްކޮށް ހަރަކާތްތެރިވާ މި ޓީމުގައި އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީ ޤައުމީ މަޖިލީހުގެ މެންބަރުން ހިމެނެއެވެ.

ޖަޒީރާ ރައީސްގެ ނަމުގައި ކުރަމުންދާ ކެމްޕެއިންގައި މިޓީމުން ބ އަތޮޅުގެ 14 ރަށަކަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. އެރަށްރަށުގައި ޑޯޓުޑޯ ޖެއްސުމުގެ އިތުރުން ސްކައިޕް މެދުވެރިކޮށް ރަށްރަށުގެ އެކިއެކި ފަރާތްތަކާ ރައީސް ނަޝީދު ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިޓީމުން ބ އަތޮޅުގައި ބާއްވާ ބޮޑު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެރޭ އެއަތޮޅު ތުޅާދޫގައެވެ.

ޖަޒީރާ ރައީސްގެ ކެމްޕެއިން ހަރަކާތްތައް ބާރަށް ދަނީ ކުރިއަށެވެ. އެގޮތުން މާލެއާއި އަތޮޅުތެރޭގައި އެހަރަކާތްތައް ކުރިއަށްދާއިރު ހަފްތާ ބަންދާ ދިމާކޮށް މާލެއިން އަތޮޅުތަކަށް ޓީމުތައް ދަނީ ދަތުރު ކުރަމުންނެވެ. ބ އަތޮޅުގެ އިތުރުން ހުވަދު އަތޮޅަށް ވެސް މިރޭ ޓީމެއް ފުރުމަށް ވަނީ ހަމަޖެހިފައެވެ. މިޓީމުން ބާއްވާ ބޮޑު ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެރޭ ގދ ތިނަދޫގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް