ކ. މާލެ
|
17 މެއި 2018 | ބުރާސްފަތި 12:57
މާރުކޭޓް: މި ރޯދަ މަހު ދޮންކޭލާއި ކަރަލުގެ އަގު ވަނީ މައްޗަށް އުފުލިފައި
މާރުކޭޓް: މި ރޯދަ މަހު ދޮންކޭލާއި ކަރަލުގެ އަގު ވަނީ މައްޗަށް އުފުލިފައި
އަޒުމޫން އަހުމަދު
ބާޒާރުގެ އަގުތައް
އިކޮނޮމިކް މިނިސްޓްރީ ނެރޭ 'ބާޒާރުގެ އެންމެ ހެޔޮ އަގު ލިސްޓް' އަށް ތަރުހީބެއް ނުލިބުނު!
އަމިއްލަ ވިޔަފާރިތަކުން ތަރުހީބެއް ނުލިބުނު
އެލިސްޓްގައި މިފަހަރު ހިމަނާފައިވަނީ އެސްޓީއޯ އާއި ސޯސަންމާޓް އަދި ރެޑްވޭވް އެކަނި
އެލިސްޓްގައި 80 އައިޓަމްސް ހިމަނާފައިވޭ

އިކޮނޮމިކް މިނިސްޓްރީ ތައްޔާރުކުރާ "ބާޒާރުގެ އެންމެ ހެޔޮ އަގު ލިސްޓް"ގައި ބައިވުމަށް އެކަށީގެންވާ ތަރުހީބެއް ނުލިބި، އަމިއްލަ ދެ ފިހާރައެއްގެ ނަން ހިމަނައިގެން އެ ލިސްޓް ނެރެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މި ފަހަކުން ރޯދަ މަހަށް ހާއްސަކޮށް، އާއްމު ކުރަމުން އައި "ބާޒާރުގެ އެންމެ ހެޔޮ އަގު ލިސްޓް" މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށް ނެރުނުއިރު، އެލިސްޓްގައި ބައިވެރިވެފައިވަނީ އެސްޓީއޯގެ އިތުރުން ސޯސަން މާޓް އަދި ރެޑްވޭވްއެވެ.

މީގެ ކުރިން ކޮންމެ އަހަރަކު ވެސް އެ ލިސްޓް އާންމު ކުރަމުން އަންނަނީ އެ ލިސްޓްގައި އަމިއްލަ ގޮތުން ބައިވެރިވާން އެދޭ ވިޔަފާރިތައް ހިމަނައިގެންނެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީން އެކަމަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމުން މިއަހަރު އެލިސްޓްގައި ހިމެނުމަށް އެދެވޭ ތަރުހީބެއް ލިބިފައެއް ނުވެއެވެ. 

މި ރޯދަ މަހަށް ހާއްސަކޮށް އިކޮނޮމިކް މިނިސްޓްރީން އާއްމުކުރި "ބާޒާރުގެ އެންމެ ހެޔޮ އަގު" ލިސްޓްގައި 80 އައިޓަމެއްގެ އަގު ހިމަނާފައިވެ އެވެ. އެލިސްޓަށް ބަލާއިރު ގިނަ ތަނެތި އަގުހެޔޮކޮށް ލިބެންހުރީވެސް އެސްޓީއޯއިން ނެވެ.

އިކޮނޮމިކް މިނިސްޓްރީން ބާޒާރުގެ އެންމެ ހެޔޮ އަގު ލިސްޓް އާއްމު ކުރަނީ ހެޔޮ އަގުގައި މުދާ ވިއްކާ ތަންތަން އާއްމުންނަށް އަންގައި ދިނުމަށެވެ. މި ލިސްޓުގައި އާއްމުކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި މަހުގެ ބާވަތްތަކާއި ޕާން އަދި ތަރުކާރީ އާއި މޭވާ ފަދަ ރޯދަ މަހަށް ކޮންމެހެން ބާވަތްތައް ހިމެނެ އެވެ. މީގެ ކުރިން މާލޭގެ ބޮޑެތި މާޓްތަކުން އެ ލިސްޓްގައި ބައިވެރިވި ނަމަވެސް މި ރޯދަ މަހަށް މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.

ރޯދަ މަހަށް ހާއްސަކޮށް ކާބޯ ތަކެތީގެ އަގުތަށް ރާއްޖޭގައި މައްޗަށް އަރައެވެ. އެހެންކަމުން ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ އެސްޓީއޯ މެދުވެރިކޮށް، ރޯދަ މަހަށް ކާބޯ ތަކެތީގެ އަގު އެއް ހަމައެއްގައި ހިފެހެއްޓުމަށާއި އަގު މަތިވިޔަ ނުދިނުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުން ދެއެވެ.

ނަމަވެސް ރޯދަ މަހާ ދިމާކޮށް މިއަހަރުވެސް ބައެއް ތަކެތީގެ އަގުތައް ވަނީ މައްޗަށް އުފުލިފަ އެވެ. އެގޮތުން ދޮންކޭލާއި ކަރާ ގެ އަގުތަށް މައްޗަށް އުފުލިފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް