ކ. މާލެ
|
17 މެއި 2018 | ބުރާސްފަތި 11:52
ފަލަސްތީނުގެ ދިދަ ރައްޔިތަކު ވިހުރުވާލަނީ
ފަލަސްތީނުގެ ދިދަ ރައްޔިތަކު ވިހުރުވާލަނީ
ރޮއިޓަރސް
މިސްރުގެ ރައީސް ސީސި
ފަލަސްތީނާއި އިޒްރާއިލާއެކު ދަނީ ވާހަކަ ދެކެވެމުން ކަމަށް މިސްރުގެ ރައީސް ވިދާޅުވެއްޖެ
ފިލާވަޅުން އިބްރަތް ހާސިލް ކުރުމަށް ގޮވާލައިފި
ފަލަސްތީނު ރައްޔިތުންގެ ލޭ އޮހުރުވުން ހުއްޓުވަން މަސައްކަތް ކުރަނީ
އަރަބި ގައުމުތަކުގެ ޚާރިޖީ ވަޒީރުން ޚާއްސަ ބައްދަލުވުމެއް ބާއަވަން ހަމަޖައްސައިފަ

ގުދުސްގައި އެމެރިކާގެ އެމްބަސީ ހުޅުވުމުން ފަލަސްތީނާއި އިޒްރާއިލް މެދުގައި އުފެދުނު ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށްޓަކައި އެ ދެ ގައުމާއެކު ވާހަކަ ދެކެވެމުންދާ ކަމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސި ވިދާޅުވެއްޖެއެވެ.

މިސްރުގެ ރައީސް ވަނީ ފަލަސްތީނުގެ ރައްޔިތުން ކުރިއަށް އޮތް ދުވަސް ތަކުގައި އިތުރު ހަމަނުޖެހުންތަކަށް ނުދިޔުމަށް އިލްތިމާސްކޮށްފައެވެ. އެހެންނޫނީ އަނެއްކާވެސް ގިނަ އަދެއްގެ ފަލަސްތީނުގެ ރައްޔިތުން މަރުވުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުން ވަނީ ގުދުސްގައި އެމެރިކާގެ އެމްބަސީ ހުޅުވުމާއެކު ހިތްހަމަ ނުހެޖެހޭ ކަން ފާޅުކުރުމުގެ ގޮތުން އިޒްރާއިލުގެ ބޯޑަރު ކައިރިއަށް ޖަމާވެ މުޒާހަރާ ކުރަން ފަށާފައެވެ. އިޒްރާއިލުގެ ބޯޑަރ ބަލަހައްޓާ ސިފައިން ވަނީ 60އަށް ވުރެ ގިނަ މީހުން ގަތުލް ކޮށްފައެވެ.

"ލޭކެކެމުންދާ، ޚިޔާލު ފާޅުކުރަމުންދާ އަޅުގަނޑުގެ އަޚް ފަލަސްތީނުގެ ރައްޔިތުން (ހޯމަ ދުވަހު ލިބުނު) ފިލާވަޅުން އިބްރަތް ހާސިލް ކުރުމަށް ގޮވާލަން. އަދި ކުރި މަގުގައި މުޒާހަރާތައް މަޑު ނުޖައްސައިފިނަމަ މަރުވެގެންދާ ރައްޔިތުންގެ އަދަދު ދާނީ އިތުރުވެގެން" ސީސި ވިދާޅުވިއެވެ.

"ގުދުސްގައިި އެމެރިކާގެ އެމްބެސީ ހުޅުވުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ކިހާ ވަރެއްގެ އަސަރެއް ކުރާނެކަން އިޒްރާއިލަށް ވިސްނޭނެ ކަމަށް އުމްމީދުކުރަން"

ގައުމީ ޗެނަލުން ވަގުތުން ދައްކަމުން ދިޔަ ޕްރޮގްރާމެއްގައި ސީސި ވަނީ ފަލަސްތީން - އިޒްރާއިލް ހަމަނުޖެހުމާއި ބެހޭގޮތުން ވާހަކަ ދައްކަމުން ދެގައުމާއެކު ވެސް ވާހަކަ ދެކެވެމުން ދާކަމަށް ވިދާޅުވެފައެވެ. އަދި މިސްރުން ދަނީ ފަލަސްތީނު ރައްޔިތުންގެ ލޭ އޮހުރުވުން ހުއްޓުވަން މަސައްކަތް ކުރަމުން ކަން ވެސް ފާހަގަ ކުރެއްވިއެވެ.

އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލު ކުރުމުން މުސްލިމް ގައުމުތަކާއި ފަލަސްތީނުގެ ރައްޔިތުން ހިތް ހަމަ ނުޖެހޭނެކަން މީގެ ކުރިން ވެސް މިސްރުން ވަނީ ފާހަގަ ކޮށްފައެވެ.

ފާއިތުވި ހަތް ހަފްތާގައި ފަލަސްތީނުން އިޒްރާއިލްއާއި ދެކޮޅަށް ކުރި މުޒާހަރާ ތަކުގައި 100އަށް ވުރެ ގިނަ ފަލަސްތީނުން ރައްޔިތުން ވަނީ ގަތުލް ކޮށްލާފައެވެ. މީގެ ތެރެއިން ގިނަ މީހުން މަރާލައިފައި ވަނީ ސްނައިޕަރުން ބޭނުން ކޮށްގެނެވެ.

އަރަބި ގައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ ބުރާސްފަތި ދުވަހު ވަރަށް ޚާއްސަ ބައްދަލުވުމެއް އިޒްރާއިލާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ރާވައިފައެވެ.

- ކޮމެންޓް