ކ. މާލެ
|
17 މެއި 2018 | ބުރާސްފަތި 14:50
މާފުށީ ޖަލު
މާފުށީ ޖަލު
ރާއްޖެއެމްވީ
މޭޭޑޭ
މޭޑޭގެ ގައިދީއެއްގެ ސިއްޙީ ހާލު ވަރަށް ބޮޑަށް ގޯސް!
އިބްރާހިމް ރަޝީދުގެ މުޅި ހަށިގަނޑު ފާރުވެފައި ހުރި ބަލާލަން ދަތި ފޮޓޯތަކެއް ފެނިފައި
އިބްރާހިމް ރަޝީދަށް ދިމާވެފައިވަނީ ސިއްހީ ކޮން މައްސަލައެއްކަން އަދި ނޭނގޭ
މޭޑޭގެ ގައިދީއަކު ކުރިން ވަނީ މަރުވެފައި

ދެހާސްފަނަރަ ވަނަ އަހަރު ބޭއްވި މޭޑޭގެ މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި ގ.ފެރެސްލައިޓް، އިބްރާހިމް ރަޝީދުގެ ސިއްޙީ ހާލު ގޯސްކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އޭނާގެ ވަކީލު ނާޒިމް އަބުދުއްސައްތާރު ވިދާޅުވެއްޖެ އެވެ.

ނާޒިމް ވިދާޅުވީ މުޅި ހަށިގަނޑު ފާރުވެފައި ހުރި، ބަލާލަން ދަތި ފޮޓޯތަކެއް ފެނިވަޑައިގެންފައިވާ ކަމަށެވެ. އިބްރާހިމް ރަޝީދަށް ދިމާވެފައިވަނީ ސިއްހީ ކޮން މައްސަލައެއްކަން އަދި އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. 

އިބްރާހިމް ރަޝީދުގެ މައްޗައް ދައުވާ އުފުލާފައިވަނީ މޭޑޭގެ މުޒާހަރާގައި ފުލުހަކު ވައްޓާލައި އަނިޔާކުރިކަމަށް ބުނެއެވެ. މިއަދުވާ އޭނާގެ މައްޗައް ސާބިތުވާ ކަމަށް ނިންމާ 7 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ 7 އޮގަސްޓް 2016 ގައެވެ.

އިބްރާހިމް ރަޝީދުގެ ހާލަތާއި ބެހޭ ގޮތުން މޯލްޑިވުސް ކަރެކްޝަނަލް ސާވިސްގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

މޭޑޭގެ މުޒާހަރާއާ ގުޅިގެން ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ގ. ކީމާ، އަބްދުﷲ ރަޝީދު ވެސް މަރުވީ ޖަލުގައި ލިބެންޖެހޭ ސިއްހީ ފަރުވާ ދިނުން ލަސްކުރުމުން ކަމަށާއި، ކަރެކްޝަންސްގެ އިހްމާލުން ކަމަށް އޭނާގެ އައިލާއިން ވަނީ ބުނެފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި މާފުށީ ޖަލުގައި ތިބި ގައިދީންނަށް އެކަށީގެންވާ ބޭސްފަރުވާގެ ފުރުސަތު ނުދޭ ކަމަށް ބުނެ ސިޔާސީ އިދިކޮޅު ފަރާތްކުންނާއި އާންމުންދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް