ކ. މާލެ
|
17 މެއި 2018 | ބުރާސްފަތި 11:22
ކޯސްޓްގާޑް؛ މ މުލީ ފަރަށް އެރި ބޯޓެއް ފުންކުރުމުގެ މަސައްކަތް ދަނީ ކުރަމުން
ކޯސްޓްގާޑް؛ މ މުލީ ފަރަށް އެރި ބޯޓެއް ފުންކުރުމުގެ މަސައްކަތް ދަނީ ކުރަމުން
ގޫގުލް
ބޯޓެއް ފަރަށް އެރުން
މ މުލަކު ފަރަށްއެރި ބޯޓެއް ފުންކުރުމުގެ މަސައްކަތް ފަށައިފި
މިއީ ލ ގަމަށް ދަތުރުކުރި މީންވިލާ ކިޔާ ބޯޓެއް
ބޯޓުގައިތިބީ 5 ދިވެހިންނާއި 3 ބިދޭސީން
އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ

މާލެއިން ފުރައިގެން ލ.ގަމަށް ދަތުރުކުރި "މީންވިލާ" ނަމަކަށް ކިޔާ ބޯޓެއް މ.މުލަކު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ބުދަ ދުވަހުގެރޭ 19:50 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިންނާއެކު ހާބަރ ކްރާފްޓް ލޯންޗެއް ވަނީ ހަރަކާތްތެރިވާން ފަށާފައި ކަމަށެވެ. މި ހާދިސާގައި ފަރަށް އެރި ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާއި އެމްއެންޑީއެފްގެ ޑައިވަރުން ގުޅިގެން ދަނީ ކުރަމުން ކަމަށާއި މި ހާދިސާ ހިނގި އިރު ބޯޓުގައި ތިބީ 5 ދިވެހިންނާއި 3 ބިދޭސީން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ ރިޕޯޓެއް ލިބިފައި ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް