ކ. މާލެ
|
17 މެއި 2018 | ބުރާސްފަތި 11:13
ހެސްޓަން އާއި ސްޓެފަނީގެ ކައިވެނީގެ ހަފްލާގެ ތެރެއިން
ހެސްޓަން އާއި ސްޓެފަނީގެ ކައިވެނީގެ ހަފްލާގެ ތެރެއިން
ދަ ސަން
ސެލެބްރިޓީންގެ ކައިވެނި
ޓީވީ ޝެފް ހެސްޓަން ބްލޫމެންތަލްގެ ކުއްލި ކައިވެނި ރާއްޖޭގައި!
 
ކައިވެނީ ކުރީ ސޮނޭވާ ފުށީގައި

މަޝްޙޫރު ޓެލެވިޜަން ޝެފް، ހެސްޓަން ބްލޫމެންތަލް އާއި އޭނާގެ ޒުވާން ލޯބިވެރިޔާ ސްޓެފަނީ ގޯވިއާ، ކުއްލި ޙަފްލާއެއްގައި ރާއްޖޭގައި ކައިވެނިކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 51 އަހަރުގެ ހެސްޓަން އާއި 31 އަހަރުގެ ސްޓެފަނީ ކައިވެނިކޮށްފައިވަނީ ސޮނޭވާ ފުށީގައި ދާދިފަހުން ބޭއްވި ކުރު، އަދި ކުއްލި ޙަފްލާއެއްގައެވެ.

ހެސްޓަން އާއި ސްޓެފަނީ ރާއްޖޭގައި ކައިވެނިކޮށްފައިވާއިރު، އެ ދެ ބައިވެރިން ރާއްޖެ އައިސްފައިވަނީ، ނިމިގެންދިޔަ އަހަރު އެ ދެމީހުންނަށް ކުއްޖަކު ލިބުނު ފަހުން ދެމީހުންގެ ދެމެދުގައި ޖެހުނު މައްސަލަތައް، ހިތްފަސޭހަ މާހައުލެއްގަ ހައްލުކޮށްލުމަށެވެ. އެގޮތުން ރާއްޖެއައިސް އުޅުމުގެ ތެރޭގައި ހެސްޓަން ވަނީ ކައިވެނި ކުރުމަށް ސްޓެފަނީއަށް ޕްރޮޕޯޒްކޮށްފައެވެ.

ހެސްޓަންގެ ކުއްލި ހުށަހެޅުން ސްޓެފަނީ ޤަބޫލުކުރުމާއިއެކު، ހެސްޓަން އާއި ސްޓެފަނީ ވަނީ ރިޒޯޓުގެ އެހީއާއިއެކު، ވަރަށް ސާދާ ހަފްލާއެއްގައި ކައިވެނިކޮށްފައެވެ.

 

ހެސްޓަން އާއި ސްޓެފަނީގެ ކައިވެނީގެ ތެރެއިން

ރިޒޯޓުގެ މަސްދަރަކާއި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ކައިވެނީގައި ދެފަރާތުގެ އާއިލާއިން އެއްވެސް މީހަކު ބައިވެރިވެފައި ނުވާއިރު، ކައިވެނީގެ ޙަފްލާގައި ބައިވެރިކޮށްފައިވަނީ ހެސްޓަން އާއި ސްޓެފަނީގެ ތުއްތު ދަރިފުޅުގެ އިތުރުން ރިޒޯޓްގައި އެވަގުތު ތިބި ބައެއް ގެސްޓުންނެވެ.

ކައިވެނި ކުރުމަށްފަހު އެ ދެމަފިރިންގެ ފަރާތުން ހަފްލާގެ ބައިވެރިންނަށް ޚާއްސަ ޖާފަތެއް ދީފައިވެއެވެ. އެ ޖާފަތުގެ މެނޫ ބައެއް ނޫސްތަކުގައި ޝާއިއު ކޮށްފައިވާއިރު، ޖާފަތުގައި ދިވެހިވަންތަ ރަހަތައް ގިނަކަން ފާހަގަކުރެވެއެވެ.

 

ހެސްޓަން އާއި ސްޓެފަނީގެ ކައިވެންޏަށްފަހު ބޭއްވި ޖާފަތުގެ މެނޫ

ހެސްޓަން އާއި ސްޓެފަނީ ކައިވެނިކޮށްފައިވާއިރު، މީގެ ކުރިންވެސް ހެސްޓަން ވަނީ ކައިވެންޏެއް ކޮށްފައެވެ. އެ ކައިވެނިން އޭނާއަށް ވަނީ 4 ކުދިން ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
0%
0%
0%
0%
ކޮމެންޓް