ކ. މާލެ
|
17 މެއި 2018 | ބުރާސްފަތި 11:15
ވާރޭވެހި ފެން ބޮޑު ވެފައި...
ވާރޭވެހި ފެން ބޮޑު ވެފައި...
ރާއްޖެއެމްވީ
ރާއްޖެ މޫސުން
ހއ. އިން ލ. އަތޮޅާ ދޭތެރޭގެ އެކިހިސާބަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ: މެޓް އޮފީސް
މިއަދު ހެދުނު 10:00 އިން ފެށިގެން މާދަމާ ހެދުނު 10:00 އަށް ހއ. އިން ލ. އަތޮޅާ ދޭތެރޭގެ އެކިހިސާބަށް ގުގުރުމާއި އެކު ވިއްސާރަކުރާނެ
ހުޅަނގު ދެކުނާއި ހުޅަނގުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 18 މޭލާދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވޭ

ކުރިއަށް އޮތް 24 ގަޑިއިރު ހއ. އިން ލ. އަތޮޅާ ދޭތެރޭގެ އެކިހިސާބަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާއިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު ކުރިއަށް މިއަދު ހެދުނު 10:00 އިން ފެށިގެން މާދަމާ ހެދުނު 10:00 އަށް ހއ. އިން ލ. އަތޮޅާ ދޭތެރޭގެ އެކި ހިސާބަށް ގުގުރުމާއި އެކު ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެން ވާކަމަށާއި، އެހެން ސަރަހައްދުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށެވެ.

އަދި ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 18 މޭލާދެމެދުގެ ބާރުމިނުގައި ކަމަށާއި، އެހެން ހިސާބުތަކުގައި ގަޑިއަކު 5 މޭލާ 15 މޭލާދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން މައުލޫމާތުދެ އެވެ.

މެޓް އޮފީހުން ބުނީ، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި، މެދުތެރޭގެ ސަރަހައްދުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށެވެ. އެހެން ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ވިލާގަނޑުގައި ގަދަވެގެންދިއުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތުދެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް