ކ. މާލެ
|
17 މެއި 2018 | ބުރާސްފަތި 09:17
މިދިޔަ އަހަރު ރޯދަ މަހު ބަޔަކު ޒަކާތް ދައްކަނީ
މިދިޔަ އަހަރު ރޯދަ މަހު ބަޔަކު ޒަކާތް ދައްކަނީ
މުހައްމަދު ޝަރުހާން
ފިތުރު ޒަކާތް
އާދިއްތަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެ!
ފިތުރު ޒަކާތް މާލެ ސަރަހައްދުގައި ބަލައިގަންނާނެ ވަގުތަކީ ހެނދުނު 10:30 އިން 13:00 އަށް
ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރު
ޒަކާތް ނެރެންވާނީ އެބަޔަކު އަހަރުތެރޭގައި ޢާއްމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަކުން 2.4 ކިލޯ ހަނޑުލުގެ މިންވަރު

މިއަހަރުގެ ފިތުރު ޒަކާތް އާދީއްތަ ދުވަހުން ފެށިގެން ބަލައިގަންނަމުންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިއަހަރުގެ ފިތުރު ޒަކާތް މާލެ ސަރަހައްދުގައި ބަލައިގަންނާނީ، ހެނދުނު 10:30 އިން 13:00 އަށް އިސްލާމީ މަރުކަޒާއި، ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރާއި ވިލިމާލޭގައި ހުންނަ ހައުސިން މިނިސްޓްރީގެ ވިލިމާލެ ޔުނިޓުން ކަމަށެވެ. އަތޮޅުތަކުގެ ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ ރަށު ކައުންސިލުން ކަމަށް ވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އައްޑޫ އާއި ފުވައްމުލަކާއި، ގދ. ތިނަދޫގައި ޒަކާތް ބަލައިގަންނާނީ މިނިސްޓްރީއިން ކަނޑައަޅާފައިވާ ތަންތަނުންނެވެ.

ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރެންވާނީ އެބަޔަކު އަހަރުތެރޭގައި ޢާއްމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަކުން 2.4 ކިލޯ ހަނޑުލުގެ އަގަށްވާ މިންވަރު ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އެގޮތުން މާލެ ސަރަހައްދުން ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ، އާދައިގެ ހަނޑުލުންނަމަ މީހަކަށް 13 ރުފިޔާ އެވެ. ތައިލެންޑު ހަނޑުލުންނަމަ މީހަކަށް 43 ރުފިޔާ އެވެ. އަދި ބާސްމަތީ ހަނޑުލުންނަމަ މީހަކަށް 81 ރުފިޔާ އެވެ.

ރަށްރަށުގައި ޒަކާތް ދައްކަން ޖެހޭނީ އެސަރަހައްދެއްގައި ހަނޑޫ ވިއްކާ އަގުތަކުގެ މިންވަރަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ފިތުރު ޒަކާތް ބަލައި ގަންނާނީ 13 ޖޫން 2018 ވާ ބުދަ ދުވަހުގެ 13:00ގެ ނިޔަލަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް