ކ. މާލެ
|
17 މެއި 2018 | ބުރާސްފަތި 09:18
ޖަރނީގެ ބައެއް ހަރަކާތްތައް
ޖަރނީގެ ބައެއް ހަރަކާތްތައް
ޖަރަނީ އެންޖީއޯ
ޖަރނީ އެންޖީއޯ
ޖަރނީ އިން ހޮޓްލައިން ނަންބަރެއް ތައާރަފްކޮށްފި
ޖަރނީ އިން އަލަށް ތައާރަފް ކުރެވުނު ނަންބަރަކީ 7995075
ޖަރނީއަކީ މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ޖަމާއަތެއް

މަސްތުވާތަކެތީގެ މައްސަލަތަކުގައި ބެލެނިވެރިން ގުޅުމުން ސީދާ ގެއަށް ގޮސް ހިދުމަތް ދިނުމަށްޓަކާއި ޖަރނީ އިން ހޮޓްލައިނެއް ތައާރަފްކޮށްފި އެވެ.

ޖަރނީއިން އާންމުކޮށްފައިވާ ލިޔުމުގައި ބުނެފައިވަނީ، މަސްތުވާތަކެތި ބޭނުން ކުރަން ފެށުމުން އެކަމަށް ހުރަސް އެޅުމާއި މަސްތުވާތަކެއްޗަށް އަޅުދާސްތުވަމުންދާ ކުދިންނަށް އަމާޒުކޮށްގެން ހިދުމަތް ދިނުން ފުޅާކޮށްފައިވާ ކަމަށެވެ. އެގޮތުން އެފަދަ ހާލަތްތަކުގައި ސީދާ ގެއަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ނިންމާވާފައިވާ ކަމަށެވެ. އެގޮތުން 24 ގަޑިއިރު ގުޅޭނެ މޯބައިލް ނަންބަރެއް ޖަރނީ އިންވަނީ ތައާރަފްކޮށްފަ އެވެ.

މި ނަންބަރުން ވައިބާގެ ހިދުމަތް ބޭނުންކޮށްގެން ބޭނުންވާ ހިދުމަތްތަކަށް އެދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ޖަރނީ އިން އަލަށް ތައާރަފް ކުރެވުނު ނަންބަރަކީ 7995075 އެވެ.

މި ފަދަ ނަންބަރެއް ތައާރަފް ކުރުމުގެ ބޭނުމަކީ ބެލެނިވެރިންނާއި ފިރިމީހާ އާއި ނުވަތަ އަނބިމީހާއަށް ވެސް މަސްތުވާތަކެތި ބޭނުން ކުރާ ކަން ޝައްކުވާ ހިސާބުން އެކަމާ ވާހަކަދައްކާ، ކުރިމަތިލާ ހުއްޓުވާނެ ގޮތް ބުނެދީނުން ކަމަށް ޖަރނީ އިން ބުނެ އެވެ.

ޖާރނީ އިން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު އެ ޖަމިއްޔާގެ ވެބްސައިޓުން ވެސް ލިބޭނެ ކަމަށް ޖަރނީ އިން ބުނެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް