ކ. މާލެ
|
17 މެއި 2018 | ބުރާސްފަތި 09:26
ރައީސް މައުމޫނަށް ފަރުވާ ދެއްވުމަށް އޭޑީކޭއަށް ގެންދެވި - ފައިލް ފޮޓޯ
ރައީސް މައުމޫނަށް ފަރުވާ ދެއްވުމަށް އޭޑީކޭއަށް ގެންދެވި - ފައިލް ފޮޓޯ
މުހައްމަދު ޝަރުހާން
ރައީސް މައުމޫންގެ ހާލަތު
ރަމަޟާން މަހު ރައީސް މައުމޫން ގެއަށް ބަދަލުކޮށްދިނުމަށް އާއިލާއިން އެދިއްޖެ
ރައީސް މައުމޫން ދޫނިދޫގައި ހުންނަވާތާ 3 މަސް ވަނީ ވެފައި
އުމުރުން 82 އަހަރުގެ ރައީސް މައުމޫން ގެންދަވަނީ ބީޕީޕީވީ ބަލި ތަހައްމަލު ކުރަމުން
ބަލީގެ ސަބަބުން ކުއްލިއަކަށް ބޯ އެނބުރުމާއި ކޮޅަށް ހުންނެވުމަށް ދަތިވާ ހާލަތްތައް މެދުވެރިވޭ

ރަމަޟާން މަހުގައި ރައީސް މައުމޫން އަބްދުލްގައްޔޫމް ގެއަށް ބަދަލުކޮށްދިނުމަށް އެދި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވައިފި އެވެ.

ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި އިސްގާޒީ އާދަމް އާރިފަށް އެޑްރެސް ކުރައްވާ ކުރީގެ ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ ފޮނުވާފައިވާ ސިޓީގައި ވަނީ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފަ އެވެ. އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ރައީސް މައުމޫން ބަންދުގައި ހުންނަވާތާ ތިން މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެމަނިކުފާނަކީ އުމުރުފުޅުން 80 އަހަރަށް ވުރެ މަތިވެފައިވާ ބޭފުޅެއް ކަމަށް ވިދާޅުވެފައިވެ އެވެ.

ވޭތުވެދިޔަ ހަމަހެއްހާ ދުވަހު އެމަނިކުފާނު އުޅުއްވަމުން ގެންދަވަނީ ބެނައިން ޕެރޮކްސިސިމަލް ޕޮޒިޝަނަލް ވަރޓިގޯ ބަލީގައި ކަމަށާއި  އެ ބަލީގެ ސަބަބުން  ކުއްލިއަކަށް ބޯއެނބުރުމާއި ކޮޅަށް ހުންނެވުމަށް ދަތިވާ ހާލަތްތައް މެދުވެރިވާނެ ކަން ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.

މިކަމުގެ ސަބަބުން އަމިއްލައަށް އެއްވެސް ކަމެއް ނުކުރެއްވޭ ގޮތް ދިމާވާކަމަށާއި އެކަން އޮގޮތަށް ދިމާވާތީ ރައީސް މައުމޫން އެކަނި ހުންނަވަން ޖެހިވަޑައިނުގަންނަވާ ގޮތަށް އަބަދުވެސް އަރިހުގައި މީހަކު ހުންނަން ޑަކްޓަރުން އިރުޝާދު ދެއްވާފައިވާކަން ސިޓީގައި ވަނީ ފާހަގަކުރައްވާފަ އެވެ.

މިކަމާ ގުޅިގެން ރަމަޟާން މަހުގައި އިތުރު ދަތިތަކާ ރައީސް މައުމޫނަށް ކުރިމަތިވާނެ ކަމަށް އަނބިކަނބަލުން ނަސްރީނާގެ ސިޓީގައި ވަނީ ފާހަގަކުރައްވާފަ އެވެ.

ރޯދަ ހިފުމާއި ރޯދަމަހަށް ހާއްސަ އަޅުކަންތައް ކުރުމުގައި އެކަނި އުޅުއްވަން ޖެހިވަޑައިގަތުމުން ދަތިތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
17 މެއި 2018 | ބުރާސްފަތި 09:26
Mi
Nuvaane thi kamey hithey nei.bayeh ulheynee.rahumu gekanfulheyvesnei