ކ. މާލެ
|
17 މެއި 2018 | ބުރާސްފަތި 01:32
މިސްކިތުގައި ބަޔަކު އަޅުކަން ކުރަނީ
މިސްކިތުގައި ބަޔަކު އަޅުކަން ކުރަނީ
މުހައްމަދު ޝަރުހާން
ރޯދަ މަސް
ދުނިޔޭގެ ހުރިހާ ކަންކޮޅު ތަކުގައި ރޯދަ މަސް ފަށާ ދުވަހަކީ ބުރާސްފަތި ދުވަސް
ޔޫރަޕް އަދި އެމެރިކާގައިވެސް ރޯދަ ފަށަނީ ބުރާސްފަތީގައި

ދުނިޔޭގެ އިސްލާމީ ގައުމުތަކުން މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފަށާ ދުވަހަކީ މެއި 17 ވާ ބުރާސްފަތި ދުވަހުއެވެ.

ސަރުކާރުން ނިންމުމާ ގުޅިގެން ރާއްޖޭގައި ބުދަ ދުވަހު ރޯދަ ހިފަން ފެށި ކަމުގައި ވިޔަސް، ސައުދީ އަރަބިއްޔާ އާއި ގަލްފްގެ ގައުމުތަކުގައި ވެސް ރޯދަ މަސް ފަށާ ދުވަހަކީ ބުރާސްފަތި ދުވަހެވެ.

މެލޭޝިއާ، އިންޑޮނީޝިއާ، ޕާކިސްތާން ފަދަ މުސްލިމުންގެ އާބާދީ ބޮޑެތި ގައުމުތަކުގައި ވެސް މިއަހަރުގެ ރޯދަމަސް ފަށާ ދުވަހުގެ ގޮތުގައި އިއުލާނު ކޮށްފައިވާ ދުވަހަކީ ބުރާސްފަތި ދުވަހެވެ.

އިސްލާމީ ގައުމުތަކުން ބުރާސްފަތި ދުވަހު ރޯދަ މަސް ފަށާ ގޮތައް ނިންމީ ރަމަޟާން މަހުގެ ހަނދު އެ ގައުމުތަކަށް އަންގާރަ ދުވަހުގެ ރޭ ނުފެނުމުން ކަމުގައި އެ ގައުމުތަކުގެ ސަރުކާރު ތަކުން ވަނީ ހާމަ ކޮށްފައެވެ.

މީގެ އިތުރުން އިނގިރޭސި ވިލާތާއި، އެމެރިކާ އާއި އޮސްޓްރޭލިއާ، ދެކުނު ކޮރެއާ، ޖަޕާން އަދި ސިންގަޕޫރުގައި ވެސް ރޯދަ މަސް ފަށާނީ ބުރާސްފަތި ދުވަހުއެވެ.

ކެނެޑާގެ ބޮޑުވަޒީރު ވަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ ދުނިޔޭގެ ކަންކޮޅުތަކުގެ މުސްލިމުންނަށް ފޮނުއްވާފައެވެ.

ރަމަޟާން މަހު ރޯދަ ހިފުމަކީ އިސްލާމް ދީނުގެ ފަސް ރުކުނުގެ ތެރޭގައި ހިމެނޭ ރުކުނެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް