ކ. މާލެ
|
16 މެއި 2018 | ބުދަ 18:08
ޕާކް ކޮށްފައިވާ ސައިކަލް ތަކެއް
ޕާކް ކޮށްފައިވާ ސައިކަލް ތަކެއް
ރާއްޖެ އެމްވީ
ލައިސަންސް ނެގުން
އެއް ދުވަހުން ލައިސަންސް ލިބޭ ޕްރޮގްރާމެއް ހިންގަނީ
ހުރިހާ ހިދްމަތެއް އެއް ސަރަހައްދަކުން ލިބޭނެ

އެއްގަމުގައި ދުއްވާ ބައެއް ވެހިކަލްތަކުގެ ލައިސަންސް އެއް ދުވަހުގެ ތެރޭގައި ލިބޭ ޕްރޮގްރާމެއް ހިންގަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.   

"އެއް ލަކިން މަށަށް ލައިސަންސް" ގެ ނަމުގައި މުޅި ރާއްޖެ އަށް ހުޅުވާލައިގެން އެއް ދުވަހުން ލައިސަންސް ލިބޭ ޕްރޮގްރާމެއް ކުރިއަށް ގެންދަން އިކޮނޮމިކް މިނިސްޓްރީން ނިންމާފައިވާއިރު، މި ޕްރޮގްރާމް ފުރަތަމަ ހިންގަނީ މާލޭގައި ކަމަށް އެމިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ބާއްވާ ތަނާއި ތާރީހާއި ވަގުތު އަންނަ ހަފުތާގެ ތެރޭގައި އިއުލާން ކުރާނެ ކަމަށެވެ.

މި ޕްރޮގްރާމްގައި ޓެސްޓް ހެދުމާއި ދުއްވުން ކުރިއަށް ދާނީ އެއް ވަގުތެއްގައި އެއް ސަރަޙަދެއްގަ ކަމަށް އެމިނިސްޓްރީން ބުނެއެވެ.

މި މަހު މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާ އިރު، ޕްރޮގްރާމް ކުރިއަށްދާ ސަރަހައްދުގައި ޕްރޮގްރާމުގައި ބައިވެރިވާ ފޯމާއި ލައިސަންސް ފޯމް ފުރުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ހުންނާނެ އެވެ. އަދި ފޯމްގައިޖަހާ ފޮޓޯ ނެގުމާއި އެކަމަށް ބޭނުންވާ ސްޓޭމްޕާއި ފައިސާ ދެއްކުމުގެ އިންތިޒާމުވެސް އެ ސަރަޙައްދެއްގައި ހަމަޖެހިފައި ހުނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ލައިސަންސް ދޫކުރުމުގެ މި ޕްރޮގްރާމަކީ 18-35 އަހަރާ ދެމެދުގެ މީހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ނަމަވެސް 35 އަހަރުން މަތީގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް